Advertisement
ކ. މާލެ
|
31 ޖުލައި 2024 | ބުދަ 18:38
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު
ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުން ކޮންޓްރޯލެއް ނެތި ބިދޭސީން އިތުރުވެ، ހައްދުފަހަނާ އެޅުމުގެ ފުރުސަތު އެބައޮތް: އެމްޑީޕީ ޕީޖީ
ކޯޓާ ފީ އަދި ވޯކް ޕާމިޓް ޕީއަށް ބޮޑުކޮށް ކުޑަ ކުރުމުގެ ބާރު މިނިސްޓަރަށް ލިބޭ
ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އިތުރު
އިހުމާލުވާ މީހާ ޖޫރިމަނާ ކުރަން ތާއީދު، ވަޒީފާ އަދާކުރާ މުވައްޒަފަކު ޖޫރިމަނާ ކުރާތީ ކަންބޮޑުވޭ

މިސަރުކާރުން ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުން ކޮންޓްރޯލެއް ނެތި ބިދޭސީން އިތުރުވެ، ހައްދުފަހަނަ އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގުރޫޕުން ބުނެފިއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

Advertisement

މެންބަރު މައުރޫފު ވިދާޅުވީ ރަނގަޅު ދިރާސާތަކެއް ހެދުމަށްފަހު އެއްލައްކައަށްވުރެ ގިނަ ބިދޭސީން އެއްގައުމުން އެތެރެ ނުކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ގާނޫނުގައި އެހެން ލިޔެފައި އޮތް ނަމަވެސް މިސަރުކާރުން އެއަށް ނުބަލާ އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ. މިހާރު އޮތް ގޮތުން ހައްދެއް ނެތް މިންވަރަށް ބިދޭސީން ރާއްޖެއަށް އެތެރެ ކުރުމަށް ފުރިހަމަ ބާރު ހޯމް މިނިސްޓަރަށް ގާނޫނުން ލިބިދޭ ކަމަށް މެންބަރު މައުރޫފު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޯޓާ ފީ އަދި ވޯކް ޕާމިޓް ފީ ގައި ވެސް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން ވަކި އަދަދެއް ބަޔާންކޮށްފައި އޮތް ކަމަށާއި، ގާނޫނަކުން ބަދަލު ގެނެސްގެން ނޫނީ އެއަދަދުތައް ބަދަލު ނުކުރެވޭ ގޮތަށް އޮތް އޮތުން ވެސް ބަދަލުކޮށްލަން ހުށަހަޅާފައިވާ ކަމަށެވެ. އެ ބާރު ވެސް މިނިސްޓަރަށް ލިބޭ ކަމަށާއި، ފީ އަގުބޮޑު ކޮށް ނެގުމުގެ އިހުތިޔާރު ވެސް މިނިސްޓަރަށް ލިބޭ ކަމަށް މެންބަރު މައުރޫފު ވިދާޅުވިއެވެ.

އެމްޑީޕީން މިކިމުގެ ކަންބޮޑުވުން ފާޅުކުރަން ފެށީމަ އެކަން ވަގުތީ ގޮތުން މަޑު ޖައްސާލި. މަޑު ޖައްސާލާފައި ދެން ވިދާޅުވަމުން ގެންދިޔަ ވާހަކައަކީ ވަޒީފާ ދޭ ފަރާތުން ނުވަތަ ބިދޭސީން މަސައްކަތްތެރިން ރެޖިއުލޭޓް ކުރުމުގެ ޒިންމާ އޮތީ ކޮން މިނިސްޓްރީގައިކަން ނޭނގޭ ގޮތަށް އެއް މިނިސްޓްރީން އަނެއްމިނިސްޓްރީއަށް ބޯޅަ ޖެހުމަށްފަހުގައި އޭގެ ފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުނުތަން އަދި މިއިސްލާހަށް އަޅުގަނޑުމެން ބަލާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ހައްދެއް ނެތް މިންވަރަށް ބިދޭސީން ރާއްޖެއަށް އެތެރެ ކުރުމަށް ފުރިހަމަ ބާރު މިނިސްޓަރަށް ދޭ ގޮތަށް ގާނޫނަށް ބަދަލު ގެނެވޭކަން. އޭގެ އިތުރުން ކޯޓާ ފީ ވޯކް ޕާމިޓް ފީ މިހާރު ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން ވަކި އަދަދެއް ބަޔާންކޮށްފައި އޮތް އަދި ގާނޫނަކުން ބަދަލު ގެނެސްގެން ނޫނީ އެއަދަދުތައް ބަދަލު ނުކުރެވޭ ގޮތަށް އޮތް އޮތުން ވެސް ބަދަލުކޮށްލަން ހުށަހަޅާފައި މިވަނީ މިނިސްޓަރު ބޭނުންވެއްޖެ ހާލަތުގައި ނުވަތަ މިނިސްޓްރީ ކަނޑައަޅާ ގަވާއިދެއްގެ މަތިން އެއަދަދު ވެސް ބަދަލުކުރެވޭ ގޮތަށް. އޭގެ މާނައަކީ ބިދޭސީން ރާއްޖެއަށް ގެނައުމުގެ ބޭނުން ދައުލަތަށް އާމްދަނީ އެއް ހޯދުމަށް މަސައްކަތް ކުރާ ގޮތަށް ފާހަގަވަނީ. މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ކޯޓާ ފީއަކީ 2000 ރުފިޔާއަށް ވުރެ ބޮޑުވެސް ކުރެވިދާނެ ނުވަތަ ކުޑަވެސް ކުރެވިދާނެ ގޮތަކަށް ގާނޫނަށް މި ބަދަލު ގެންނަނީ. އަދި ވޯކް ޕާމިޓް ފީ މިހާރު 350 ރުފިޔާއަކީ މިނިސްޓަރަށް ފެނިލައްވާފި ހިނދެއްގައި ބަދަލުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅިފައި މިވަނީ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އިތުރުވަމުންދާކަން ފާހަގަކުރައްވައި މެމްބަރު މައުރޫފު ވިދާޅުވީ ޓޫރިޒަމް ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި ދިވެހިން ޝައުގުވެރިވާ ދާއިރާތަކުގައި ބިދޭސީން އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުން އެއްގައުމަކުން ބިދޭސީން ގެނައުމުގައި ކޮންޓްރޯލް ނުކުރެވި ހައްދު ފަހަނާ އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް މެންބަރު މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ މީހުން ޖޫރިމަނާ ކުރާ އުސޫލަށް ތާއީދު ކުރާ ކަމަށާއި، ވަޒީފާ އަދާކުރާ މުވައްޒަފެއް އެއްލައްކަ ރުފިޔާއިން ޖުރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅިފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މީގެ އިތުރުން މެމްބަރު މައުރޫފު ވިދާޅުވީ މި ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ 241 ކޮމެޓީއަށް ކަމަށާއި، ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނަށް މީގެ ކުރިން ހުށަހެޅިފައި ހުރި އިސްލާހުތައް ފޮނުވާފައި ވަނީ އިގްތިސާދީ ކޮމެޓީ ނުވަތަ އިޖްތިމާއީ ކޮމެޓީއަށް ކަމަށެވެ. އެހެންކަމުން މި މަސައްކަތްތަކާމެދު މެންބަރު މައުރޫފު ވަނީ ސުވާލު އުފައްދަވާފައެވެ.

މިގާނޫނުގައި ބިދޭސީ މަސައްކަތްތެރިން އެތެރެކޮށް ގެނެސް އެމަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތަކާމެދު ޖޫރިމަނާ ކުރެވޭ. ކަންބޮޑުވާ ދެކަމެއް އެބައޮތް. އެއްކަމަކީ އެއްލައްކަ ރުފިޔާއިން އެބަ ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅިފައި މިއޮތީ. މަސައްކަތްތެރިއަކު ނުވަތަ ވަޒީފާ އަދާކުރާ ފަރާތެއް ގާނޫނާ ހިލާފުވުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް. އަދި ހަމައެހެންމެ ވަޒީފާ ދޭ ފަރާތް ވެސް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮވެފައި އޭގެ ފަހުން ވަޒީފާ ދޭ ފަރާތަކުން ގާނޫނަކުން ނުވަތަ ގާނޫނުގައި ބަޔާންކުރާ ތިން ކަމެއް މުސާރަ ނުދިނުން، ނުވަތަ އޮޅުވާލައިގެން އެހެން މަސައްކަތެއް ކުރުވުން އޭގެ އިތުރުން އެތެރެކުރާ ވަޒީފާގެ ބާވަތް ފިޔަވައި އެހެން ބާވަތެއްގެ ވަޒީފާއެއް އަދާކުރާ ކުރާ ކަމަށްވާނަމަ ވަޒީފާ ދޭ ފަރާތް 50،000 ރުފިޔާ އިން ޖުރިމަނާ ކުރާ ގޮތަށް. އަަޅުގަނޑުމެން ޖުމްލަ ގޮތެއްގައި ވަޒީފާ ދޭ ފަރާތާ މެދު އިހުމާލުވާ ފަރާތް ޖުރިމަނާ ކުރުމަށް ދެކޮޅެއް ނޫން. ހަރުދަނާ ގޮތަކަށް އެކަންކަން ކުރުމަކީ ރަނގަޅުކަމެއް. އެހެންނަމަވެސް ވަޒީފާ އަދާކުރާ މުވައްޒަފެއް އެއްލައްކަ ރުފިޔާއިން ޖުރިމާނަ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅިފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި މިނިސްޓްރީން ނުވަތަ މިނިސްޓަރަށް ހިފޭ ގޮތަށް ގާނޫނު އިސްލާހު ހުށަހަޅާފައި އޮތް އޮތުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

ވާޒީފާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އިޝާރާތް ކުރައްވައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ކުޑަކުޑަ އިސްލާހެއް ކަމަށް ހީކުރެވުނު ނަމަވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ރާއްޖޭގައި ބިދޭސީންނާ ފުލުހުންނާ ދެމެދު ވެސް ހަމަނުޖެހުންތައް ހިނގާފައިވާއިރު، އެއްގައުމަކުން ބިދޭސީން ގެންނަން އޮތް ލިމިޓް އުވާލުމަކީ ބިރުވެރިކަމެއް ކަމަށް މެމްބަރު ނާޒިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބިދޭސީން ގެނައުމުގައި ކޯޓާއެއް އޮންނަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
1 އޯގަސްޓް 2024 | ބުރާސްފަތި 13:53
ވަފާ
އެމްޑީޕީ ސަރުކާރުގައި، އިލެކްޝަންސް ކޮމިޝަނަށް ނަޝާތުލީއިރު އޭނަގެ ނަން އެކަނި، ޒާހިރު ލީއިރު އޭނާގެ ނަން އެކަނި، އާސިފު ލީއިރު، އީސީގެ ޑިރެކްޓަރ ޝަހުލާ މާސްޓަރސް ހަދާ އީސީގައި 15 އަހަރުވެފައި ހުރި އެކަމަކު ލީ ގްރޭޑް 7 ގެ މެކޭނިކެއް. މިވާހަކަތަކުގެ މަތިން އެހާ އަވަހަށް ހަނދާން ނައްތާލައިގެން ނުވާނެ ފިއްޓޭމެން