Advertisement
ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 23:43
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ހިރާސް
ސަރުކާރުގެ މަޝްރޫއުތައް
ސަރުކާރުން "ރީޕްރިއޮރަޓައިޒް”ކޮށް، "ރޭޝަނަލައިޒް" ކޮށްގެން މަޝްރޫއުތަކަށް އެންމެ ފަހުން މިވީ ގޮތެއް ނޭގުނު
މިނިސްޓަރ ވިދާޅުވާ އެއްޗަކާ މިނިސްޓްރީން ބުނާ އެއްޗަކާ މުޅިން ދިމަލެއް ނުވޭ
މިނިސްޓްރީން ބުނަނީ، ރީޕްރިއޮރަޓައިޒް ކުރުމުގެ ތެރެއިން މިނިސްޓްރީން ފޮނުވާފައިވާ ލިސްޓުގައި ހުރި މަޝްރޫއުތައް މަޑުޖައްސާލަން
ކޮންސްޓްރަކްޝަން މިނިސްޓަރ ވިދާޅުވަނީ ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލާ ކަމަށް
ޚަބަރުގެ އޯޑިއޯ

އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާނުލާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

Advertisement
އެމްޓީސީސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދު ﷲ މުއްތަލިބު

އެހެން ނަމަވެސް މިނިސްޓަރ ވިދާޅުވީ، ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި ޢަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެ ގޮތައް ނިންމި މައިގަނޑު ސަބަބެއް ކަމަށް މިނިސްޓަރ ވިދާޅުވީ "މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުން،" ކަމުގައެވެ.

މިނިސްޓްރީ އިން މަޑުޖައްސާލަން އެންގިކަމަށް ބުނާ މަޝްރޫއުތައް - މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ
މިނިސްޓްރީ އިން މަޑުޖައްސާލަން އެންގިކަމަށް ބުނާ މަޝްރޫއުތައް - މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު 30 ޖުލައި 2024 ގެ ތާރީޚްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޓީސީސީ އަށް ފޮނުވާފައިވާ ސިޓީ ގައި މަޝްރޫއުތައް މަޑުޖައްސާލަން އެންގީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމަށް އަޅަން ހަމަ ޖެހިފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ކަމަށް ވަނީ ބުނެފައެވެ.

އެސިޓީގައި މަޑުޖައްސާލަން ނިންމި މަޝްރޫއުތަކަކީ އަމަލީ މަސައްކަތް މިހާތަނަށް ފަށާފައި ނުވާ މަޝްރޫއުތައް ކަމަށް ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސިޓީގައި ބުނެފައިވަނީ، ޚަރަދު ތައް ކުޑަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަނޑައަޅާފައި ވަނީ "ރީޕްރިއޮރަޓައިޒްކޮށް، "ރޭޝަނަލައިޒް" ކޮށް މަސައްކަތްތައް ކުރިއަށް ގެންދަން އެކުލަވާލައިވާ ޕްލޭނެއްގެ ދަށުން ކަމުގައެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޓީސީސީ އަށް ފޮނުވާފައިވާ ސިޓީ - ރާއްޖެއެމްވީ

ދިވެހި ގައުމިއްޔަތަށާއި ދިވެހި ބަހަށް އިސްކަންދޭ ކަމަށް ބުނާ ސަރުކާރުން އެމްޓީސީސީ އަށް ފޮނުވާފައިވާ ސިޓީ ގައި މަޝްރޫއުތަކަށް އަލަށް އަމަލު ކުރުމަށް ނިންމި ގޮތް ހާމަ ކުރަން ބޭނުން ކޮށްފައިވާ އިނގިރޭސި ދެ ލަފްޒުގެ މާނަ އަށް ވިސްނާލުމުން، މިހާރު ހަވާލު ކޮށްފައިވާ މަޝްރޫއުތަކަށް މިނިސްޓްރީން ގަބޫލު ކުރާ ހަމައަކަށް އިސްކަން ދޭނެ ތަރުތީބެއް އަލުން ކަނޑައަޅާފައިވާ ކަން ދޭހަވެއެވެ.

މިނިސްޓްރީން އެމްޓީސީއަށް ފޮނުވި ސިޓީ ނިންމާލަމުން ބުނެފައިވަނީ، މިނިސްޓްރީން ލިސްޓްގައި ހިމަނާފައިވާ މަޝްރޫއު ތަކުގެ މަސައްކަތްތައް މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން ވަގުތީ ގޮތުން ކުރިއަށް ނުގެންގޮސް މަޑު ޖައްސާލުމަށް އަންގާ ކަމުގައެވެ.

މަޝްރޫއުތައް މަޑު ޖައްސާލާ ސަބަބެއް ކަމަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި އެކަށީގެންވާ ވަރަށް ފައިސާ ނެތުން ކަމަށް މިނިސްޓަރ ވިދާޅުވާއިރު، ބަޖެޓްގައި އެއްގޮތަކަށް ނެތް މަޝްރޫއުތައްވެސް މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
- ކޮމެންޓް