Advertisement
ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 19:51
ސަރުކާރު ބަދަލުވި އިރު މަސައްކަތް ކުރި ގޮތަށް ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި
ސަރުކާރު ބަދަލުވި އިރު މަސައްކަތް ކުރި ގޮތަށް ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި
ރާއްޖެއެމްވީ
ކުޅުދުއްފުށި އިންޖީނުގޭގެ މަސައްކަތް
މިނިސްޓަރު ތޯރިގު މަޖިލީހުގައި ހެއްދެވީ ސަރުކާރަށް ކްރެޑިޓް ދިނުމަށް ދޮގުތަކެއް، ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތް ނުހުއްޓުވިނަމަ އެތަނުން މިއަދު ހިދުމަތް ލިބޭނެ - ސައީދު
މިނިސްޓަރު މަޖިލީހުގައި ވާހަކަ ދެއްކެވީ ގަޑުބަޑުކޮށްލައިގެން، ހާމަކޮށްފައިވަނީ ރަނގަޅު ފިގަރތަކެއް ނޫން
ސަރުކާރު ބަދަލުވި އިރު މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ހުންނާނީ ސައިޓުގައި
ޚަބަރުގެ އޯޑިއޯ

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ރައްޔިތުންގެ މަޖިލީހުގައި ހެއްދެވީ ސަރުކާރަށް ކްރެޑިޓް ދިނުމަށް ދޮގުތަކެއް ކަމަށާއި، ކުޅުދުއްފުށި އިންޖީނުގޭގެ މަސައްކަތް ނުހުއްޓުވިނަމަ އެތަނުން މިއަދު ހިދުމަތް ލިބެމުންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެންވަޔަރަމަންޓް މިނިސްޓަރު މަޖިލީހުގައި ކުޅުދުއްފުށީ އިންޖީނުގެއާއި ގުޅޭގޮތުން ހެއްދެވި އިތުރުފުޅުތަކާއި ގުޅޭގޮތުން ރާއްޖެއެމްވިއަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތް މިހާރުވެސް ރަނގަޅަށް ކޮށްފިނަމަ 3 މަސް ދުވަސްތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. އަދި އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހިޔާ ކުރަން ފެށިފައިވާ އިރު ސައުންޑް ޕްރޫފް ކުރަން ބޭނުންވާ ސާމާނު ސައިޓުގައި ހުންނާނެ ކަމަށާއި، ޗިމްނީވެސް އެތަނުގައި ހުންނާނެ ކަމަށެވެ.

ސަރުކާރު ބަދަލުވި އިރު މަސައްކަތް ކުރި ގޮތަށް ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި - ރާއްޖެއެމްވީ

އަދި ޕްލޭން ކޮށްފައި އޮތީ ބާ އިންޖީނުގޭގައި ހުރި ޖެންސެޓްތަކާއި ޕެނަލް ބޯޑްތައް ބޭނުންކޮށްގެން އިންޖީނުގެ އޮޕަރޭޝަނަށް ގެނައުން ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދައްކަމުންދަނީ އޮޅުލާވާފައިވާ ހިސާބުތަކެއް ކަމަށާއި، ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓަރު ހައްދަވަނީ ރޯ ބުހުތާނު ދޮގުތަކެއް ކަމަށެވެ. އަދި އެކަން ކުރަނީ ގަޑުބަޑުކޮށްލައިގެން ކަމަށާއި، ހާމަކޮށްފައިވަނީ ރަނގަޅު ފިގަރތަކެއް ނޫން ކަމަށެވެ.

އަދި ސަރުކާރަށް ކްރެޑިޓް ލިބޭގޮތަށް އެންވަޔަރަމަންޓް މިނިސްޓަރު ވާހަކަ ދައްކަވަމުން ގެންދަވާއިރު، ސަރުކާރު ބަދަލުވި އިރުވެސް އެތަނުގެ މަސައްކަތް ހުރީ ހިޔާކޮށް ނިންމާ ސައުންޑް ޕްރޫފްކޮށް ޖެންސެޓް ބަދަލުކޮށް އޮޕަރޭޝަނަށް ގެންނަންޖެހޭ ހިސާބުގައި ކަމަށެވެ. ނަމަވެސް މިސަރުކާރުން އައިސް އެތަނުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި، ސަރުކާރު ބަދަލުވި އިރުވެސް މަސައްކަތް ކުރިއަށް ދިޔަގޮތަށް މަސައްކަތް ހުއްޓާނުލާ ކުރިނަމަ އެތަނުން މިހާރު ހިދުމަތްދޭން ކަމަށެވެ.

ސަރުކާރު ބަދަލުވި އިރު މަސައްކަތް ކުރި ގޮތަށް ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި - ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ހުރީ ހަދަން ފަށާފައި ހުރި އިންޖީނުގެ އެކަނި ކަމަށާއި، އެތަނުގައި ފުރާޅެއް ނެތް ކަމަށެވެ. އަދި އެތަނަށް ދެގުނަ ހަރަދު ހިނގާފައިވާ ކަމަށެވެ.

ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެތަނުގެ މަސައްކަތަށް ހިނގާފައިވަނީ 20 ވަރަކަށް މިލިއަން ރުފިޔާ ކަމަށެވެ. އަދި ސަރުކާރު ބަދަލުވުމާއެކު ހިނގަ ހިނގާހުރި މަސައްކަތެއް މި ސަރުކާރުން ހުއްޓާލާފައިވާއިރު، މިނިސްޓަރު މަޖިލީހުގެ ދެއްކެވި ވާހަކައަކީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އޮޅުވާލުމުގެ ގޮތުން ދެއްކެވި ވާހަކައެއް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް