Advertisement
ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 15:31
އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް
އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް
މަޖުލިސް
އައްޑޫ ކަރަންޓު މައްސަލަ
އައްޑޫގައި އައު ޖަނަރޭޓަރުތައް އިންސްޓޯލްކޮށް، އޮގަސްޓު މަހުގެ ތެރޭގައި ކަރަންޓު މައްސަލަ ހައްލު ކުރެވޭނެ: މިނިސްޓަރު
ޕަވަރ ސްޓޭޝަަންގެ މަސައްކަތް ކުރެވިފައިވީނަމަވެސް، އެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަން ޖެހޭ
އޮގަސްޓު މަހު އިތުުރު ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުން މި މައްސަލައަށް ޙައްލު އަންނާނެކަމަށް މިނިސްޓަރު ވިދާޅުވި

އައްޑޫގައި އައު ޖަނަރޭޓަރުތައް އިންސްޓޯލްކޮށް، އޮގަސްޓު މަހުގެ ތެރޭގައި ކަރަންޓު މައްސަލަ ހައްލު ކުރެވޭނެކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ އައްޑޫ ސިޓީ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އެ މައްސަލައަކީ މި ވޭތުވެދިޔަ 5 އަހަރު އެތަނަށް އެއްވެސް ކުރިއެރުމެއް ގެނެސްދީފައި ނުވާތީއާއި އެއްވެސް މެއިންޓެނެންސްއެއް ކުރެވިފައިނުވާތީ ދިމާވާ މައްސަލައެއް ކަމަށެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ، ޕަވަރ ސްޓޭޝަަންގެ މަސައްކަތް ކުރެވިފައިވީނަމަވެސް، އެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އަދި އޮގަސްޓު މަހު އިތުުރު ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުން މި މައްސަލައަށް ޙައްލު އަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މިވަނީ 1.5 މެގަވޯޓުގެ އައު ޖަނަރޭޓަރެއް ގަނެފައި، އެ ޖަނަރޭޓަރު ބަހައްޓާ އޯގަސްޓު މަހުގެ ތެރޭގައި ނިންމާނަން.
އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް

އައްޑޫ ސިޓީގެ ކަރަންޓާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެ މަސައްކަތުގެ ލިޔެކިއުންތައް ފެނަކަ އަދި ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށާއި، ގެންނަންޖެހޭ އިންޖީނުތައް ގެނައުމަށް ވާޓްސިލާ ކުންފުންޏާއެކު އެއްބަސްވުމެއް އެކުލަވާލެވި ސޮއި ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެމަގުން މަސައްކަތްކުރި ނަމަ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރަށް ހައްލުވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހާލަތަށް ރިޔާއަތްކޮށް ކޮންމެ ފަދަ އަގެއްގައި ނަމަވެސް އެސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އައްޑޫގެ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހަށެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު، އިންޖީނު އިންސްޓޯލް ކުރެވިފައިނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް