ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 15:25
ގައުމީ އަންހެން ވޮލީބޯޅަ ޓީމް
ގައުމީ އަންހެން ވޮލީބޯޅަ ޓީމް
ކާވާ ވޮލީ ލީގު
ނަތީޖާއެއް ނެރުމުގެ ބަދަލުގައި، ނަތީޖާއެއް ހޯދަން ތައްޔާރުވާން ގައުމީ ޓީމް ކާވާ ލީގަށް
ރާއްޖޭގެ އަމާޒަކީ ކާވާ ޗެލެންޖްކަޕެވެ.

ނަތީޖާއެއް ނެރުމުގެ ބަދަލުގައި، ނަތީޖާއެއް ހޯދަން ތައްޔާރުވާން ގައުމީ އަންހެން ވޮލީބޯޅަ ޓީމް ކާވާ ލީގުގައި ވާދަކުރަން ނޭޕާލަށް ހިނގައްޖެ އެވެ.

ރައްޖެއަށްވުރެ ވަރުގަދަ ޓީމްތައް ވާދަކުރާ ލީގުގައި ރާއްޖެއިން ވާދަކުރަނީ މިއަހަރު އޮންނަ ކާވާ ޗެލެންޖް ކަޕަށް ތައްޔާރުވާން ކަމަށް ކޯޗު ސޮފްވާން އަހުމަދު ބުންޏެވެ. ޓީމް ފުރުމުގެ ކުރިން ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން ސޮފްވާން ބުނީ ލީގަކީ ރާއްޖެއަށް ނަތީޖާ ނެރެވޭނެ މުބާރާތެއް ނޫން ކަމަށެވެ. ނަމަވެސް ލީގުގެ މެޗުތަކުން ހޯދާ ތަޖުރިބާއިން ކާވާ ޗެލެންޖްކަޕް ގައި މެޑަލް ހޯދަން އުއްމީދު ކުރާކަމަށް އޭނާ ބުންޏެވެ. ޗެލެންޖްކަޕަކީ މެޑަލް ހޯދޭނެ މުބާރާތެއް ކަމަށާއި, އެކަމަށް ތައްޔާރުވާން އޮތް ފުރުޞަތަކީ ލީގުކަން ފާހަގަކުރިއެވެ.

ގައުމީ ޓީމް ނޭޕާލަށް ދިޔައީ ޓީމްގެ ވަރަށް މުހިއްމު ތިން ކުޅުންތެރިން ނުލައެވެ. އެއީ އައިޝަތު މާޖިދާއާއި, ހައްވާ ރާޝިދާއާއި, އަރީޝާއެވެ. މީގެއިތުރުން ޒީނިޔާވެސް ޓީމާއެކު ދަތުރުކުރުމުގެ ބަދަލުގައި ޓީމަށްވުރެ ކުރިން ބޫޓާނަށް ދިޔައީ ކާވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށެވެ. ކޯޗު ސޮފްވާން ބުނީ އެކުޅުންތެރިން އަންހެން ގައުމީ ވޮލީ ޓީމާ ގުޅޭނީ ލީގުގައި ފުރަތަމަ މެޗު ކުޅޭ ފަހުން ކަމަށެވެ. އެތިން ކުޅުންތެރިންވެސް އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅޭނެ ކަމަށް ސޮފްވާން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް