ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 08:22
ވެނިޒުއޭލާގެ ސަލާމަތީ ބާރުތަކުން ވަނީ ރައީސް މަޑޫރޯ އަލުން އިންތިހާބު ކުރުމަކީ އޮޅުވާލުމެއް ކަމަށް ބުނެ މަގުމައްޗަށް ނުކުމެފައިވާ މުޒާހަރާގެ ގިނަ އަދަދެއްގެ ބަައިވެރިންނާ ކުރިމަތިލާން ޖެހިފަ
ވެނިޒުއޭލާގެ ސަލާމަތީ ބާރުތަކުން ވަނީ ރައީސް މަޑޫރޯ އަލުން އިންތިހާބު ކުރުމަކީ އޮޅުވާލުމެއް ކަމަށް ބުނެ މަގުމައްޗަށް ނުކުމެފައިވާ މުޒާހަރާގެ ގިނަ އަދަދެއްގެ ބަައިވެރިންނާ ކުރިމަތިލާން ޖެހިފަ
ރޮއިޓާސް
ވެނިޒުއޭލާގެ ރިޔާސީ އިންތިޚާބު
ވެނިޒުއޭލާގެ ރިޔާސީ އިންތިޚާބު ގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ އެތައް ހާސް އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި
މަދޫރޯގެ 11 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށް ވެނިޒުއޭލާގެ އިދިކޮޅު ޕާޓީތަކުން ގުޅިގެން ތާއީދު ކޮށްފައިވަނީ ގޮންޒާލޭޒް އަށެވެ.

ވެނިޒުއޭލާގެ ރިޔާސީ އިންތިޚާބު ވެރިކަމުގައި މިހާރުވެސް ހުންނެވި ނިކޮލާސް މަދޫރޯ ކާމިޔާބު ކުރައްވައިފި ކަމަށް އިލެކްޝަންސް ކައުންސިލުން އިއުލާން ކުރުމާއެކު، އިންތިޚާބުގެ ނަތީޖާ ގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އެ ގައުމުގެ އެތައް ހާސް އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.

އާދިއްތަ ދުވަހުގެ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ މުޒާހަރާ އަށް ނުކުތް މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ،

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ވަނީ މުޒާހަރާ ކުރާ މީހުން ރޫޅާ ލުމަށް ކަރުނަ ގޭސް ޖަހާފައެވެ.

ހޯމަ ދުވަހުގެ ހަވީރު ވެރިރަށް ކަރާކާސްގެ މަގުތަކަށް މީހުން ޖަމާވާން ފެށީ ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތި ލެއްވި އެ ގައުމުގެ މިހާރުގެ ރައީސް ނިކޮލަސް މަދޫރޯ، އިންތިޚާބު ގައި ކާމިޔާބުވީ އޭނާއަށް ކަމުގައި އިއުލާން ކުރެއްވުމުންނެވެ.

ވެނިޒުއޭލާގެ އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށާއި، މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ވެނިޒުއޭލާގެ އިދިކޮޅުން ބުނަނީ އިންތިޚާބުގެ ނަތީޖާ ގައި ވަނީ ވަރަށް ބޮޑަށް މަކަރު ހަދާ އޮޅުވާލާފައި ކަމަށާއި އިދިކޮޅު ކެންޑިޑޭޓް އެޑްމުންޑޯ ގޮންޒާލެސް އަށް 72.3 އިން ސައްތަ ވޯޓު ލިބުނު ކަމަށެވެ. އެހެން ކަމުގެ ހަގީގީ އިންތިޚާބީ ރައީސް އަކީ ގޮންޒާލޭޒް ކަމުގައެވެ.

މަދޫރޯގެ 11 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށް ވެނިޒުއޭލާގެ އިދިކޮޅު ޕާޓީތަކުން ގުޅިގެން ތާއީދު ކޮށްފައިވަނީ ގޮންޒާލޭޒް އަށެވެ.

އިންތިޚާބާ ގުޅޭ ގޮތުން ހެދި ޚިޔާލު ހޯދުމުގެ ސާވޭ ތަކުންވެސް އަދި ވޯޓަށް ފަހު ހެދި އެގްޒިޓް ޕޯލް ތަކުންވެސް، 29.4 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ވެނިޒުއޭލާގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ދައްކާފައިވަނީ އިދިކޮޅު ކެންޑިޑޭޓް ގޮންޒާލޭޒް ކަމަށް ބީބީސީ އިން ބުނެފައި ވެއެވެ.

- ކޮމެންޓް