ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 08:17
ޕާކިސްތާންގައި ގޮއްވާލި ބޮމުން އަނިޔާވި މީހުން ގެންދަނީ
ޕާކިސްތާންގައި ގޮއްވާލި ބޮމުން އަނިޔާވި މީހުން ގެންދަނީ
އަލްޖަޒީރާ
ޕާކިސްތާން
ޖާނު ގޮއްވާލައިގެން ޕާކިސްތާނުގައި ދިން ހަމަލާއެއްގައި 15 މީހުން މަރުވެއްޖެ
މި ހާދިސާގައި 32 މީހަކު ވަނީ ޒަޚަމްވެފައި

ޕާކިސްތާނުގެ ކުއެޓާގައި ޖާނު ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާއެއްގައި 15 މީހުން މަރުވެ 32 މީހުން ޒަޚަމް ވެއްޖެއެވެ.

ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވަނީ މިހަމަލާ ކުށްވެރި ކުރައްވާފައެވެ.

ޕާކިސްތާނުގެ ސިފައިން ހާމަ ކުރި ގޮތުގައި ހޮނިހިރު ދުވަހު ދިން މިހަމަލާ އަމަޒުކޮށްފައި ވަނީ 8 ސިފައިންނާއި ޢާއްމުންގެ 7 މީހަކު މަޑުކޮށްލައިގެން ތިބި ސިފައިން ޓްރަކަކަށް ކަމަށެވެ.

ސިފައިން ބުނެފައިވަނީ މިހަމލަލާ ދޭން އުޅެފައިވަނީ އެސަރަހައްދުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ 70 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ސްޓޭޑިއަމެއްގެ ކައިރީގައެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ޔަޤީން ކޮށްދެވޭ 15 މީހުން މަރުވެ 32 މީހުން ޒަޚަމްވިކަމަށް" ބަލޮޗިސްތާންގެ ހޯމް މިނިސްޓަރ ސަރފްރާޒް ބުގްތީ ވިދާޅުވިއެވެ.

ޕާކިސްތާން ސިފައިން ބުނީ ހާދިސާ ހިނގިތަން ސާފު ކުރަމުންދާ ކަމަށާއި ޗުއްޓީގައި ތިބި ޑޮކްޓަރުންގެ ޗުއްޓީ މެދުކަނޑާލުމަށް ފަހު އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ނެރެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް