Advertisement
ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 21:57
މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ
މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ
މާލޭ ސިޓީ ކައުންސިލް
މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަން
މާލެ ސިޓީގެ މަސައްކަތުގެ ތާވަލްގެ އެންމެ ކުރީގައި އަބަދު ވެސް އޮންނަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ މައްސަލަ: މޭޔަރ އާޒިމް
މާލެ އާއި ހުޅުމާލޭގެ ވެހިކަލް ޕާކިންގ ގެ މައްސަލަ އަށް ބައްލަވާލައްވަމުން މޭޔަރ އާޒިމް ވަނީ ހުޅުމާލޭގެ ހުރިހާ ފޭސެއްގައި ވެސް ޕަރކިން އަށް ޖާގަ ހަދައި ދިނުމަށް ސަރުކާރަށް ގޮވާލައްވާފަ
އާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަވެސް އޮތީ ހައްލުކުރަން އުނދަގޫ ހިސާބަކަށް ގޮއްސަފައި ކަމަށް
އާޒިމް ފާހަގަ ކުރެއްވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު މައްސަލަ
ޚަބަރުގެ އޯޑިއޯ

މާލެ ސިޓީގެ މަސައްކަތުގެ ތާވަލްގެ އެންމެ ކުރީގައި އަބަދު ވެސް އޮންނަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ އާޒިމް މިހެން ވިދާޅުވީ، ލޮނުޒިޔާރަތް ޕާކުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

އާޒިމް ވިދާޅުވީ، އިންސާނަކަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކުގެ ތެރެއިން ބޯހިޔާވަހިކަމަކީ ވަރަށް މުހިއްމު ހައްޤެއް ކަމަށާއި، މި ސަބަބާ ހުރެ ހުރިހާ ސިޔާސީ ބޭފުޅުންގެ ވަޢުދުތަކުގެ އެޖެންޑާގެ އެންމެ ކުރީގައި މި މައްސަލަ އޮންނަ ކަމަށެވެ. އެހެން ނަމަވެސް އާޒިމް ވިދާޅުވީ، ހިތާމައަކީ ބޯހިޔާވަހި ކޮށްލާނެ ތަނެއް ނުވަތަ އެ ފަދަ މިންވަރެއް ނެތިގެން މާލޭގެ މަގުމަތީގައި، ނިދާ މީހުންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާކަމެވެ.

މިއީ މާލެ ސިޓީއަށް މިއަދު ކުރިމަތިވެފައިވާ، ވަރަށް ހިތާމަ ކުރަންޖެހޭ ބޮޑު މައްސަލައެއް. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ވާހަކަ ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހުގައި ދަންނަވަން.
މާލެ ސިޓީ މޭޔަރ އާދަމް އާޒިމް

އާޒިމް ފާހަގަ ކުރެއްވި ގޮތުގައި މާލޭގެ ރައްޔިތުން ނުވަތަ މާލޭގެ ރަށްވެހިންގެ ބޯހިޔާ ވަހިކަމުގެ މައްސަލައަކީ މާލެއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު މައްސަލައެވެ.

ވޭތުވެ ދިޔަ ސަރުކާރުން މި ކަންހައްލުކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ އާޒިމް ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މި ސަރުކާރުން ވެސް އެ މަސައްކަތް ކުރިޔަށް ގެންދާކަން އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަޤީން ކަމަކީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިން ހޯދައިދިނުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް، ހުއްޓުމެއް މަޑުޖެހުމެއް ނުގެނެސް ކުރިޔަށް ގެންދާނެކަން. މިމަސައްކަތުގައި އެންމެ ކުރީގައި އަބަދުމެ އަބަދު އަޅުގަނޑު ހުންނާނަން.
މާލެ ސިޓީ މޭޔަރ އާދަމް އާޒިމް

އާޒިމް ވިދާޅުވީ، މާލޭ ބޯހިޔާވަހިކަމާ އެއްފަދައަށް، މަސްތުވާތަކެތީގެ މައްސަލަވެސް އޮތީ ހައްލުކުރަން އުނދަގޫ ހިސާބަކަށް ގޮސްފައި ކަމުގައެވެ. މާލެ ސިޓީ ޑްރަގުގެ ވަބާއިން ސަލާމަތް ކުރުމަށް ގައުމީ ފެންވަރެއްގައި ސަރުކާރާއި ގުޅިގެން ސިޓީ ކައުންސިލުން މަސައްކަތް ކުރަން ފައްޓާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން - މާލޭ ސިޓީ ކައުންސިލް

މާލޭގެ ވެހިކަލް ޕާކިންގ ގެ މައްސަލަ އަށް ބައްލަވާލައްވަމުން ތޮއްޖެހިފައި އޮތް މާލޭގެ ޕާރކިން މައްސަލަތަށް މިއޮތީ ހައްލު ހޯދަން އުނދަގޫ ހިސާބަށްގޮސްފައި ކަމަށާއި، ދުއްވާތަކެތި ގެންގުޅެވޭނެ އުމުރާއި އަދަދު ކަނޑައަޅާނެ އުސޫލު ކައުންސިލުން ހަދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 1، 2، 3ގައިވެސް ޕާކިންނަށް ކަނޑައަޅާފައި ހުރި ބިމެއް ތަންތަނެއް ނެތް ކަމަށް ވިދާޅުވެ، މޭޔަރ އާޒިމް ވަނީ ހުޅުމާލޭގެ ހުރިހާ ފޭސެއްގައިވެސް ޕާރކިން އަށް ޖާގަ ހަދައި ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް