ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 19:35
ޓިމްބަރ ހައުސް އިން ޕްރީފިނިޝްޑް ޓިމްބަރ ފްލޯރިންގް ތައާރަފްކުރުން
ޓިމްބަރ ހައުސް އިން ޕްރީފިނިޝްޑް ޓިމްބަރ ފްލޯރިންގް ތައާރަފްކުރުން
ޓިމްބަރ ހައުސް
ޓިމްބަރ ފްލޯރިން
ޓިމްބަރ ހައުސް އިން ޕްރީފިނިޝްޑް ޓިމްބަރ ފްލޯރިންގް ތައާރަފްކޮށްފި
ޕްރީފިނިޝްޑް ޓިމްބަރ ފްލޯރިންގ އަކީ ފަސޭހަކަމާއިއެކު އަމިއްލައަށް ތަޅުންގަނޑުގައި ރާވާލެވޭނެ އިންގިލާބީ ފްލޯރިންގް އެކެވެ.
ޚަބަރުގެ އޯޑިއޯ

ޓިމްބަރ ހައުސް އާއި ސްރީ ލަންކާގެ އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް އާއި ގުޅިގެން ޕްރީފިނިޝްޑް ޓިމްބަރ ފްލޯރިންގް ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

ޓިމްބަރ ހައުސް އަކީ ރާއްޖޭގައި އައި.ސީ.ސީގެ އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ކުންފުންޏެވެ.

ޕްރީފިނިޝްޑް ޓިމްބަރ ފްލޯރިންގ އަކީ ފަސޭހަކަމާއިއެކު އަމިއްލައަށް ތަޅުންގަނޑުގައި ރާވާލެވޭނެ އިންގިލާބީ ފްލޯރިންގް އެކެވެ. ތަޅުންގަނޑުގައި ޕާކޭޖެހުމަށް ދިމާވާ ދަތިތަށް ދުރުކޮށްދީ، ޒަމާނީ ފްލޯރިންގ ސޮލިއުޝަންތަކެއް ގެނެސްދޭނެ އުފެއްދުމެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޓިމްބަރ ހައުސް އިން ޕްރީފިނިޝްޑް ޓިމްބަރ ފްލޯރިންގް ތައާރަފްކުރުން - ޓިމްބަރ ހައުސް

މީގެ އިތުރުން މިފޮލޯރިންގް ގައި އަމިއްލައަށް ތަތްކުރެވޭނޭ ގޮތަށް ތެރަސް ހުންނަ މެޓްތަކެއް ހިމެނެއެވެ. އެއީ ފްލޯ ބޯޑުގެ ފަހަތަށް ދާއިމީ ބޮންޑެއް ދީ، ކުލަ ޖަހާފައިވާ މޮއިސްޗާ ބެރިއާ ނުވަތަ އެޑްހީޒިވް ބޭނުން ނުކޮށް ޕްރޮފެޝަނަލް އިންސްޓޯލަރުންނަށް މޮއިސްޗާ އާއި ޕްރެޝަރ ކަޕިންގެ މައްސަލަ ހައްލުކޮށްދޭ އެއްޗެކެވެ.

ލަކުޑީގެ މާކެޓް ލީޑަރެއްގެ ގޮތުގައި ޓިމްބަރ ހައުސް މަސަތްކަތް ކުރަމުންދަނީ ރާއްޖޭގައި މިވަގުތު އެންމެ ބޮޑެތި ލަކުޑި ގުދަންތަކާއި އެންމެ ޒަމާނީ ސޯމިލްތަކާއެކު - ޓިމްބަރ ހައުސް

ޕްރީފިނިޝްޑް ޓިމްބަރ ފްލޯރ އަކީ މިކަމަށް ޚާއްސަކޮށްފައިވާ ވަކި ފެކްޓްރީއެއްގައި ޓްރީޓްކޮށް، ކޯޓްކޮށް، އޮފް ސައިޓް ސީލްކޮށްފައި ހުންނަ ޚާއްސަ އުފެއްދުމެކެވެ.

ޓިމްބަރ ހައުސްއަކީ ރާއްޖޭގައި ލަކުޑީގެ ވިޔަފާރީގެ އެންމެ ފުޅާދާއިރާއެއްގައި ކުރާ އަދި އެންމެ ދުވަސްވީ އެއްކުންފުންޏެވެ. ހުރިހާ ބާވަތެއްގެ ލަކުޑި ބޭނުންވާ ސައިޒަކަށް ކީހާ ކަފައިދީ އޮޑިދޯނި ފަހަރަށާއި އެހެނި ތަންތަނަށް ގެންގޮސްދިނުމުގެ ޚިދުމަތްވެސް ފޯރުކޮށް ދެއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ލަކުޑި ސަޕްލައި އިންޑަސްޓްރީއަށް އިންގިލާބެއް ގެނައުމަށް، ލަކުޑި ސަޕްލައިގެ ހިދުމަތް ޒަމާނީކޮށް ކުރިއެރުވުމެވެ.

ލަކުޑީގެ މާކެޓް ލީޑަރެއްގެ ގޮތުގައި ޓިމްބަރ ހައުސް މަސަތްކަތް ކުރަމުންދަނީ ރާއްޖޭގައި މިވަގުތު އެންމެ ބޮޑެތި ލަކުޑި ގުދަންތަކާއި އެންމެ ޒަމާނީ ސޯމިލްތަކާއެކުއެވެ. މިހާރު ވިޔަފާރީގެ މާކެޓުގައި ފާހަގަކޮށްލެވޭ ހިއްސާއެއް، ރިސޯޓާއި ހޮޓަލް އޮޕަރޭޓަރުންނާއި، ލޯކަލް ބޯޓް ބިލްޑަރުންނާއި، ބިލްޑިންގ ޕްރޮޖެކްޓް އޮޕަރޭޓަރުންނާއި، ވަޑާން އޮޕަރޭޓަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ލޯކަލް ކޮންސިއުމަރ މާކެޓުގެ ފާހަގަކޮށްލެވޭ ހިއްސާއެއް އެބައޮތެވެ.

ޓިމްބަރ ހައުސްގެ ލަކުޑި މައިގަނޑު ގޮތެއްގައި އިމްޕޯޓް ކުރަނީ މެލޭޝިއާ، ސިންގަޕޫރު، ދުބާއީ، ޗައިނާ، ދެކުނު އެފްރިކާ، ލިތުއޭނިއާ، އަދި ނިއުޒީލެންޑުންނެވެ. އަދި އެތަނުން ސަޕްލައި ކުރާ ފަރާތްތައް ހޮވަނީ ފަރުވާތެރިކަމާއި ބުރަކަމާއެކު ގަސް ކެނޑުމުގެ ހަރުކަށި މިންގަނޑުތަކަށް ތަބާވާކަން ޔަގީންކުރުމަށްފަހުއެވެ.

1980 ވަނަ އަހަރު އުފެދުނު އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އަ.އި.ސީ.ސީ)، ސްރީލަންކާގެ އެންމެ ބޮޑު އަދި އެންމެ މަގްބޫލު އެއް ބިލްޑިންގ އެންޑް ސިވިލް އިންޖިނިއަރިންގ އޯގަނައިޒޭޝަންއެވެ. މިކުންފުންްޏަކީ ގާބިލް އަދި ތަޖުރިބާކާރު މުވައްޒަފުންނާއި، ޕްލާންޓާއި އިކުއިޕްމަންޓްގެ ބޮޑު ފްލީޓަކާއި، އަދި އެންމެ މަތީ ފެންވަރުގެ ތަކެތި ބޭނުންކުރާ ކުންފުންޏެކެވެ. އައިސީސީގެ ބައިނަލްއަގްވާމީ ތަޖުރިބާ ދައްކައިދޭ އެތަކެއް ޕްރޮޖެކްޓެށް ރާއްޖެއާއި ޤަތަރުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ޝެވަލް ބްލާނކް ރަންދެލި ރިސޯޓާއި ފުވައްމުލަކު އެއާސްޓްރިޕް ހިމެނެއެވެ.

ޓިމްބަރ ހައުސް އިން ބުނީ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7903737 960+ އަށް ގުޅާލުމުން ފަސޭހަ ކަމާއި އެކު އެކަން ކުރިއަށް ދާނެ ކަމަށެވެ. އަދި [email protected] އަށް އީމެއިލް ވެސް ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް