Advertisement
ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 17:44
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
އެމްއެންޑީއެފް
ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރުން
މި ސަރުކާރަށް ވަނީ ބޭރުގެ ގައުމުތަކުގެ އިތުބާރު އަލުން ހޯދަން ޖެހިފައި: މާރިޔާ
ކުރީ ސަރުކާރާ ވަރަށް ބޮޑަށް ޖަދަލުކޮށްފައިވޭ
އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް

މި ސަރުކާރަށް ބޭރު ގައުމުތަކުގެ އިތުބާރު އަލުން ހޯދަންޖެހިފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިންޑިއާ އަދި އިންޑިއާ ސިފައިންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ގިނަ ވާހަކަތަކެއް މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ދައްކާ ރައީސް ސާލިހުގެ ސަރުކާރާ ވަރަށް ބޮޑަށް ޖަދަލުކޮށްފައިވާ ކަމަށެވެ. އެދުވަހު އެބޭފުޅުން ކުރި ޖަދަލުގެ ސަބަބުން މިއަދު ބޭރުގެ ގައުމުތަކުގެ އިތުބާރު އަލުން ހޯދަންޖެހިފައިވާ ކަމަށް މާރިޔާ ވިދާޅުވިިއެވެ.

Advertisement

މާރިޔާ ވިދާޅުވީ ގުދުރަތީ ގޮތުން ވެސް ރާއްޖެއާއި އެންމެ ކައިރީގައި އޮތީ ސްރީލަންކާ އަދި އިންޑިއާ ކަމަށެވެ. އަވައްޓެރި ގައުމުތަކާ ޖެހިގަނެ އެއްޗެހި ކިޔުމުގެ ސަބަބުން އެހެން ގައުމުތަކަށް ރާއްޖެއަށް އިތުބާރު ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން މިއަދު އެ އިތުބާރު ހޯދާ ރާއްޖެއަކީ ހުރިހާ ގައުމަކާ ވެސް ގާތް ގުޅުމެއް ބާއްވާ ގައުމެއްގެ ރީތި ނަމޫނާ ދައްކަންޖެހޭ ގައުމަކަށް ހަދަން ޖެހޭ ކަމަށެވެ.

ގުދުރަތީ ގޮތުން އަޅުގަނޑުމެން އެންމެ ގާތް އަވައްޓެރިންނަށް މިތިބެނީ ސްރީލަންކާއާ އިންޑިއާ. ދެ ގައުމަށް އަޅުގަނޑުމެން ގޮސް ޖެހި ގަނެގެން އުޅުން އެމީހުންނާާ ދިމާލަށް އެއްޗެހި ކިޔާ އުޅުން އެއީ ވަރަށް ދެރަކަމެއް. އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެންގެ ދިވެހި ބަހުގައި ވެސް އޮވޭ ވަކި ވުމަކީ ނެތިދިއުމޭ. އެކުވުމަކީ ބާރޭ. އަނެއްކާ ދުނިޔޭގެ އެހެންތަންތަނަށް މިފެންނަނީ އަޅުގަނޑުމެންނަކީ އަވައްޓެރި މީހުންނާ ވެސް ޖެހިގަނެގެން އުޅޭ ބައެއް ކަމަށް. ދެން ކިހިނެތް އެހެން ބަޔަކާއެކު އުޅޭނީ. އެ މީހުންގެ ވިސްނުމުގެ ތެރެއިން އަޅުގަނޑުމެން އިތުބާރު ހޯދަންޖެހޭ އަނެއްކާ ވެސް. އަޅުގަނޑުމެންނަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން އުޅޭ އެއްވެސް ބަޔަކާ ޖެހިނުގަނެ އުޅޭ މިނިވަން ކަމާއެކު އުޅޭ ކުޑަ ޖަޒީރާ ގައުމެއް ކަމަށް. އެކަމުގައި އަޅުގަނޑުމެން ނަމޫނާ ބަޔަކަށް ވާންޖެހޭ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މާރިޔާ ވިދާޅުވީ މިއަދު އެމްޑީޕީ އޮތީ ޒިންމާދާރު އޮޕަޒިޝަނެއްގައި ކަމަށާއި، މިސަރުކާރާ އެމްޑީޕީން ޖަދަލު ނުކުރާނެ ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާ މަންފާގައި ކަމަށާއި، ރައްޔިތުންނަށް ދެރައާއި ނިކަމެތިކަން ލިބޭ ފަދަ ކަންކަން ނުކުރާނެ ކަމަށެވެ.

މިއަދު މިތިބީ ސަރުކާރަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފުރުސަތު ދީގެން ކަމަށާއި، ނަމަވެސް ފެނިގެންދަނީ ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް މިސަރުކާރުން ހުއްޓުވާ މަންޒަރު ކަމަށެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ފުލެޓާއި ބިންތައް ލަސްނުކޮށް ދޫކޮށްދިނުމަށް މާރިޔާ ގޮވާލެއްވިއެވެ. އަދި ވިދާޅުވީ އެގޮތަށް އަމަލު ކުރުމުން އެކަމުގެ ދެރަ ލިބެނީ ރައްޔިތުންނަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް