ސީޒަން ފެށުމުގެ ކުރިން ލެނީ ޔޯރޯ އަށް އަނިޔާވެއްޖެ އެވެ.
މީގެ 10 ދުވަސް ކުރިން މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނު ޒުވާން ޑިފެންޑަރަށް އަނިޔާވީ ސީޒަނަށް ތައްޔާރުވާން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މެޗުގެ 35 ވަނަ މިނިޓްގައި އަނިޔާގެ އޭނާ ވަނީ ބަދަލުކޮށްފައެވެ. އަނިޔާގެ ތަފްސީލް އަދި ލިބުފައި ނެތަސް, ރިޕޯރޓްތައް ބުނާ ގޮތުން ސީޒަން ފެށޭއިރު އޭނާއަށް ނުކުޅެވޭނެ އެވެ. ފްރާންސްގެ ލިލް އިން 18 އަހަރުގެ ޑިފެންޑަރު ޔުނައިޓެޑުން ގަތީ 52 މިލިއަން ޕައުންޑަށެވެ.
ޔޯރީ އަށް އަނިޔާވެ, ބަދަލުކުރިއިރު މެޗު އޮތީ 1-1 ން އެއްވަރު ވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެކަމަކު 10 ވަނަ މިނިޓްގައި ލީޑް ނަގައިދިން ހޮއިލުންޑަށް ވެސް އަނިޔާވެ, 16 ވަނަ މިނިޓްގައި ބަދަލުކުރަން ޖެހުނެވެ. މިދިޔަ ސީޒަންގައިވެސް އަނިޔާގެ މައްސަލަތައް ބޮޑުވި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެންހާގަށް ބޮޑު ބޮލުގައި ރިހުމަކަށް މިކަން ވާނެއެވެ.
މެޗު އާސެނަލްއިން ކާމިޔާބުކުރީ 81 ވަނަ މިނިޓްގައި ގަބްރިއެލް މާޓިނެލީ ޖެހި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތުން އާސެނަލް މޮޅުވިޔަސް, ސީޒަނަށް ތައްޔާރުވާން ކުޅުނު މެޗަކަށްވާތީ ޖެހި ޕެނަލްޓީ ޝޫޓް އައުޓްގައި 4-3 ން ކުރިހޯދީ މެންޗެސްޓަރ ޔުނައިޓެޑެވެ.