Advertisement
ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 16:32
ރައީސް އޮފީސް
ރައީސް އޮފީސް
ސަރުކާރުގެ ޚަރަދުތައް
މިނިސްޓްރީތަކުން ދޭ ޚިދުމަތްތަކަށް ރައްޔިތުންގެ އަތުން އިތުރު ފީއެއް ނަގަން އުޅޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި
ރައްޔިތުންގެ އަތުން އިތުރަށް ފައިސާއެއް ނަގަން އެދިފައިނުވާނެކަމަށް ސަރުކާރުން ބުނޭ
އޭނާ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކަށް އަންގާފައިވާނީ ޚަރަދު ކުޑަކުރުމަށް ކަމަށް

ސަރުކާރުގެ އެކި މިނިސްޓްރީތަކުން ދޭ ޚިދުމަތްތަކަށް ރައްޔިތުންގެ އަތުން އިތުރު ފީއެއް ނަގަން އުޅޭ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، ދައުލަތުގެ ވުޒާރާތަކުން ދޭ ޚިދުމަތްތަކަށް ރައްޔިތުންގެ އަތުން އިތުރު ފީއެއް ނެގޭނެ ގޮތެއް އޮތްނަމަ އެކަން ސާފު ކުރުމަށްފަހު އެންގުމަށް ސަރުކާރުން އެކި ވުޒާރާތަކަށް ލިއުމުން އަންގަމުންދާކަމަށެވެ. އެކަން ކުރަނީ ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

Advertisement

އެހެންނަމަވެސް އެ ވާހަކަ ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލާ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެއީ ވަރަށް ބޮޑު ދޮގެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ އަތުން އިތުރަށް ފައިސާއެއް ނަގަން އެދިފައިނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކަށް އަންގާފައިވާނީ ޚަރަދު ކުޑަކުރުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް