Advertisement
ކ. މާލެ
|
24 ޖުލައި 2024 | ބުދަ 20:09
ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރު، އަލައިކާ އަދުނާނު - ސަރުކާރުން ވަނީ އޭނާއަށްވެސް އޮފަރތަކެއް ދީފައި
ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރު، އަލައިކާ އަދުނާނު - ސަރުކާރުން ވަނީ އޭނާއަށްވެސް އޮފަރތަކެއް ދީފައި
އަލައިކާ އަދުނާން
ޑިމޮކްރެޓްސްއާ ސަރުކާރުގެ ގުޅުން
ޑިމޮކްރެޓްސްގެ މެންބަރުންނަށް ސަރުކާރުގެ އޮފަރތަކެއް، އެ ޕާޓީން ބުނަނީ މި ސަރުކާރު ވެރިކަމަށް ގެނައުމުގެ ހިއްސާ އޮންނާނެ ކަމަށާއި، އޮފަރތަކާއި މެދު ވިސްނަމުންދާ ކަމަށް
ސަރުކާރާއެކު މަސައްކަތްކުރުމުގެ ވާހަކަތަކެއް ދެކެވެމުންދޭ
ސަރުކާރާއިއެކު ކުރަނީ ޕާޓީގެ ޝައުގުވެރިކަން ހުރި ކަންކަމުގެ މަޝްވަރާތަކެއް
ސަރުކާރުން އޮފަރތައް ވަނީ ލިބިފައި، އެކަމާއި ދަނީ މަޝްވަރާކުރަމުން

ޑިމޮކްރެޓްސްގެ މެންބަރުންނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ދިއުމުގެ އޮފަރތަކެއް ލިބިފައިވާ ކަމަށައި، މި ސަރުކާރު ވެރިކަމަށް ގެނައުމުގެ ހިއްސާ އޮތުމާއެކު، އެ އޮފަރތަކާއި މެދު ވިސްނަމުންދާ ކަމަށް ޑިމޮކްރެޓްސްއިން ބުނެފިއެވެ.

މިފަދައިން ވިދާޅުވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަލައިކާ އަދުނާނުއެވެ. އަލައިކާއަށް ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ ވަޒީފާތައް ހުށަހެޅިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން އަލައިކާ ވިދާޅުވީ ސަރުކާރުން ޑިމޮކްރެޓުންނާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން އޮފަރތަކެއްވެސް އައިސްފައިވާ ކަމަށެވެ. ވަކިވަކި މިނިސްޓްރީތަކުން އޮފަރތައް އައިސްފައިވާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އަލައިކާ ވިދާޅުވީ އޭނާއަށް ވަކި މިނިސްޓްރީއަކުން ވަޒީފާގެ އޮފަރއެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރާއެކު މަސައްކަތްކުރުމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލައިކާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަކި މަގާމަކަށް އައްޔަންކުރައްވާއިރު ވަޒީފާ ދެއްވާނީ ކޮންމެވެސް އެއްތަނަކުން ކަމަށާއި، މިނިސްޓްރީތަކުން ނުވަތަ ވަކި އޮފީހަކުން މީހުންނަށް ގުޅާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ސަރުކާރާއެކު މަސައްކަތް ކުރުމަށް އޮފަރތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

އަލައިކާ ވިދާޅުވީ އެހެންނަމަވެސް މިހާރު ކުރެވެމުންދަނީ މަޝްވަރާތަކެއް ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައީ ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކުގައި ކަމަށާއި، ސަރުކާރާއެކުގައި މަޝްވަރާތައް ކުރަމުން އަންނަނީ ސިޔާސީ މަގާމުތަކަށް ދިއުމުގެ ބޭނުމުގައި ނޫން ކަމަށާއި، ޑިމޮކްރެޓްސްގެ ބައެއް ސިޔާސާތުތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ގާނޫނު އަސާސީއަށް ސަރުކާރުން ބަދަލުތަކެއް ގެންނަވާތީ ޑިމޮކްރެޓްސްގެ ޝައުގުވެރިކަން ހުރުމުން އެ މަޝްވަރާތަކުގައިވެސް ސަރުކާރާއިއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޝައުގުވެރިކަންވެސް ފާޅުކޮށްފައިވާނެ ކަމަށެވެ.

އަލައިކާ ވިދާޅުވީ މި މަޝްވަރާގެ ބޭރުން ބައެއް އޮފަރތައް ޑިމޮކްރެޓްސްގެ މެންބަރުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ލިބިފައިވާ އޮފަރތަކެއް އޭނާ ވިދާޅުނުވެއެވެ. އަދި އޮފަރއެއް ލިބިއްޖެނަމަ ސަރުކާރުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެބަހުރިތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އަދި އެކަމާއި ވިސްނަމުންދާ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް