ކ. މާލެ
|
24 ޖުލައި 2024 | ބުދަ 19:31
ޖިފަރޑް އިން ބަރިސްތާ، ބާޓެންޑަރ މަސްޓަރކްލާސްގެ ތެރެއިން
ޖިފަރޑް އިން ބަރިސްތާ، ބާޓެންޑަރ މަސްޓަރކްލާސްގެ ތެރެއިން
ރާއްޖެއެމްވީ
ބަރިސްތާ، ބާޓެންޑަރ މަސްޓަރކްލާސް
ފްރާންސްގެ ލީޑިން ބުޓީކް ފްރެންޗް ބްރޭންޑެއްކަމަށްވާ ޖިފަރޑް އިން ބަރިސްތާ، ބާޓެންޑަރ މަސްޓަރކްލާހެއް ކުރިއަށް ގެންގޮސްފި
އެ ސެޝަންގައި ގާނިޝް ކުރާނެ ގޮތާއި، ބުއިންތައް ތައްޔާރު ކުރާނެ ގޮތްފަދަ މުހިންމު މައުލޫމާތުތައް ވަނީ ދީފައި

ފްރާންސްގެ ލީޑިން ބުޓީކް ފްރެންޗް ބްރޭންޑެއްކަމަށްވާ ޖިފަރޑް އިން ބަރިސްތާ، ބާޓެންޑަރ މަސްޓަރކްލާހެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ހޮސްޓްކޮށްފައި ވަނީ ލިލީ އިންޓަރނޭޝަނަލްއިންނެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ "ތިންކް އައުޓްސައިޑް ދަ ގްލާސް"ގެ ނަމުގައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޖުލައި 23ގެ ހެނދުނު 09:00ން ފެށިގެން ހަވީރު 5:00 އާއި ހަމައަށް ހުޅުމާލޭގެ ވޯޓާސް އެޑްޖްގައެވެ.

8 ގަޑި އިރު ވަންދެން ކުރިއަށް ދިޔަ އެ ސެޝަންގައި ގާނިޝް ކުރާނެ ގޮތާއި، ބުއިންތައް ތައްޔާރު ކުރާނެ ގޮތްފަދަ މުހިންމު މައުލޫމާތުތައް ވަނީ ދީފައެވެ.

އަދި ބުއިންތައް ތައްޔާރުކުރާ އިރު އުފެއްދުންތެރިކަން އިތުރުކުރާނެ ގޮތާއި ބާޓެންޑިން ކޮމިއުނިޓީގެ އުފެއްދުންތަކާއި މެދު މައުލޫމާތު ދީފައިވެއެވެ.

މި ވޯރކްޝޮޕް ހިންގާފައި ވަނީ ޖިފަރޑް މިޑްލް އީސްޓް އަދި އެފްރިކާގެ ބްރޭންޑް އެމްބެސެޑަރ މަލޮރީ ލީއެވެ.

- ކޮމެންޓް