ކ. މާލެ
|
24 ޖުލައި 2024 | ބުދަ 09:11
ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ ޤަބައްޔާއަށް އިޒްރޭލު އަސްކަރީއްޔާ އިން ދިން ޙަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު އިސްރާއީލު ސިފައިން ނަގަނީ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ ޤަބައްޔާއަށް އިޒްރޭލު އަސްކަރީއްޔާ އިން ދިން ޙަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު އިސްރާއީލު ސިފައިން ނަގަނީ
އޭޕީ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ޤަލަންދިޔާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުގެ ފައުޖެއް އަރާ ފަލަސްތީންގެ 2 މީހުންގެ ގަޔަށް ބަޑި ޖަހައިފި
ބަޑި ޖެހި މީހުންގެ ހާލަތު އަދި ސާފު ނުވާ ކަމަށް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ޤަލަންދިޔާ ރެފިއުޖީ ކޭމްޕަށް 100 ވަރަކަށް ޔަހޫދީ ސިފައިން އެކުލެވޭ ފައުޖެއް އަރާ، ދެ މީހެއްގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ އިން ބުނެފިއެވެ.

މި ކޭމްޕަށް ވަތް ފައުޖުން ވަނީ ބުޒްޑޯޒަރުން އެ ސަހަރައްދުގެ ގެއެއް ބިމާ ހަމަކޮށްލާފައެވެ.

ބަޑި ޖެހި މީހުންގެ ހާލަތު އަދި ސާފު ނުވާ ކަމަށް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުފަހަރުގައި ޔަހޫދީ ސިފައިން މި ސަހަރައްދަށް އަންގާރަ ދުވަހުގެ ރޭ ވަދެގަންނަ މަންޒަރު ފެނެއެވެ.

ޤަލަންދިޔާ ރެފިއުޖީ ކޭމްޕް އިން ބުލްޑޯޒަރުން ހަލާކު ކޮށްލި ގެއަކީ ފެބްރުއަރީ 29 ވަނަ ދުވަހު ޔަހޫދީ ސިފައިން ބަޑި ޖަހާ މަރާލާފައިވާ މުހައްމަދު މަނާސްރާ ނަމަކަށް ކިޔާ މީހެއްގެ ގެ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ. ޔަހޫދީ ސިފައިން ތުހުމަތު ކޮށްފައިވަނީ އެލީ ސަރަހައްދުގައި ގަދަ ކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ދެ މީހުން އޭނާ މަރާލި ކަމަށެވެ.

ބުލްޑޯޒަރުން އެ ގެ ހަލާކުކޮށްލުމަށް ފަހު ގޭގެ ވަށައިގެން ގޮވާތަކެތި ހަރުކޮށް ގޮއްވާލަން ތައްޔާރު ކޮށްފައިވާ ކަމަށްވެސް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ވަފާ ނިއުސް އެޖޭންސީން ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން އަސްކަރީ 20 އުޅަނދުގައި އައިސް ގެންދަނީ ކޭމްޕް ރެއިޑް ކުރަމުންނެވެ.

ކޭމްޕަށް ވަތް ޔަހޫދީ ސިފައިންނާ ފަލަސްތީން މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގި ކަމަށްވެސް ވަފާ ނިއުސް އޭޖެންސީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް