ކ. މާލެ
|
22 ޖުލައި 2024 | ހޯމަ 21:12
ބެންކޮކްގައި ހަ މީހުން މަރުވެފައި އޮތް ކަމަށް ބެލެވޭ ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގެ މަންޒަރެއް
ބެންކޮކްގައި ހަ މީހުން މަރުވެފައި އޮތް ކަމަށް ބެލެވޭ ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގެ މަންޒަރެއް
އޭއެފްޕީ
ބެންކޮކްގައި މަރުވެފައި އޮތް ބަޔަކު ފެނުން
ބެންކޮކް ގެ ގްރޭންޑް ހަޔަޓް ގެ ކޮޓަރިއެއްގައި ހަ މީހުން މަރުވެފައި އޮއްވާ ފެނިއްޖެ
ވިހަލައިގެން މަރާލީ ކަމަށް ތުހުމަތު ކުރެވޭ ފަދަ ނިޝާން ކޮޓަރިން ފެންނަން ހުރި ކަމަށް ފުލުސް ކޮމިޝަނަރ ބުނެފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

ބެންކޮކްގެ މެދުތެރޭގައި ހުންނަ މަޝްހޫރު ގްރޭންޑް ހަޔަޓް ހޮޓަލުގެ ކޮޓްރިއެއްގެ ތެރޭގައި ހަ މީހުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީހުން މަރުވެފައި އޮއްވާ ފެނުނީ ޗެކް އައުޓް ގަޑި ހަމަވެގެން 24 ގަޑިއިރު އިތުރަށް ހިނގުމުން ހޮޓަލުގެ ސްޓާފަކު ގޮސް ހޮޓަލުގެ ފަސްވަނަ ބުރީގައި ހުރި އެ ކޮޓަރި ހުޅުވާ ބެލުމުން ކަމަށް ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ކޮމިޝަނަރ އާ ހަވާލާ ދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތައިލެންޑްގެ ލަގްޒަރީ ހޮޓަލެއްގައި ސައިނައިޑް ޓީ މަރާލުމުގެ ރޭވުމުގައި މަރުވި ހަ މީހުން - ޑެއިލީ މެއިލް

މަރުވެފައި އޮތް މީހުންގެ ހަށިގަނޑުގެ ބޭރުން ގެއްލުމެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި އެހެން ކަމުން އަމިއްލަ އަށް ހަށިގަނޑަށް އަނިޔާ ކޮށްގެން މަރުވީ ކަމަށް ނުބެލޭ ކަމަށާއި، މިއީ ފޭރުން ނުވަތަ ވައްކަމާ ގުޅިގެން ހިނގާފައިވާ ހާދިސާ އެއް ކަމަށް ވެސް ފުލުހުން ތުހުމަތު ނުކުރާ ކަމަށާއި، އެހެން ނަމަވެސް ވިހަލައިގެން މަރާލީ ކަމަށް ތުހުމަތު ކުރެވޭ ފަދަ ނިޝާން ކޮޓަރިން ފެންނަން ހުރި ކަމަށް ފުލުސް ކޮމިޝަނަރ ބުނެފައިވެއެވެ.

އެމީހުންގެ ކޮޓަރީގެ ތެރެއިން ފެނުނު ތަށިތަކުގައި ހުދު ކުނޑިއެއްގެ ހުރި ކަމަށާއި ކޮޓަރި ތެރޭގައި އޯޑަރު ކޮށްގެން ގެނެސްފައި ހުރި ކާއެއްޗެހި ހުރި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

16 ޖުލައި 2024 ވަނަ ދުވަހު 6 މީހުން މަރުވެފައި އޮށްވާ ފެނުނު ބެންކޮކްގެ ގްރޭންޑް ހަޔަޓް އެރަވާން ހޮޓެލްގެ ކޮޓަރީގެ މޭޒެއްމަތީގައި ހުރި ތަށިތައް - އޭޕީ

ފުލުހުން މިހާރު ގެންދަނީ ގްރޫޕް އާ އެކުގައި ހޮޓަލަށް ބުކިން ހެދި މީހުންގެ ތެރޭގައި ހިމެނޭ ހަތްވަނަ މީހާ ހޯދުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަކީ މިކަމުގައި ތުހުމަތު ކުރެވޭ މީހެކެވެ.

ހުސްވި އަހަރު ތައިލޭންޑް ގެ އަންހެނަކު އޭނާގެ ރަހްމަތްރިއާ ސައިނަޑް ވިހަލައިގެން މަރާލި ތުހުމަތުގައި ވަނީ ހައްޔަރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް