ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 13:17
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
ދަ އައިލޭންޑް ލޮޖިކް
ކާނާ ވިހަވުން
ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދަރިވަރު ވޯޑަށް ބަދަލުކޮށްފި
މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރި
ވޯޑުގައި ތިބި 2 ދަރިވަރުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަަމަށް ފުލުހުން މައުލޫމާތުދޭ

ކާނާ ވިހަވެގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދަރިވަރުވެސް ވޯޑަށް ބަދަލުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ، އައިސީޔޫގައި ފަރުވާދެމުން ދިޔަ ދަރިވަރުވެސް މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވޯޑުގައި ތިބި 2 ދަރިވަރުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު، އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދީފައިވެއެވެ.


Advertisement
- ކޮމެންޓް