Advertisement
ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 11:20
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން
ރާއްޖެއެމްވީ
ހިލޭ ޑިގްރީ ޕްރޮގްރާމް
ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސްކޭމެއް ނޫން، އެއީ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ތައާރަފްކުރި ޕްރޮގްރާމެއް: އިހުސާން
ހިލޭ ޑިގްރީއަށް ކިޔަވައިގެން އެއަށްވުރެ މަތީ ތައުލީމު ޙާސިލުކުރާ ދަރިވަރުންގެ އަދަދު މިހާރު އިތުރުވަމުންދޭ
މި ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސްކޭމެއްކަމަށް ބުނަމުންދޭ

ހިލޭ ޑިގްރީ ޕްރޮގްރާމަކީ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ނިޔަތުގައި މިދިޔަ ސަރުކާރުން ތައާރަފްކުރި ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މިދިޔަ ސަރުކާރުން ހިލޭ ޑިގްރީ ތައާރަފްކުރީ ޑިގްރީއަށް ކިޔެވުމަށްޓަކައި އިތުރަށް އާމްދަނީ ހޯދައި އިތުރު މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައި އޮތް ޙާލަތަށް ލުޔެއް ގެނެސްދިނުމުގެ ބޭނުުުމުގައި ކަމަށެވެ.

Advertisement

އެފަދަ ޙާލަތްތަކުގެ ސަބަބުން ދަރިވަރުންނަށް މަތީ ތައުލީމަށް ދޭންޖެހޭ އެކަށީގެންވާ ސަމާލުކަން ނުދެވޭކަމުގެ ޝަކުވާ އޭރު ނުހަނު ބޮޑުކަންވެސް އިހުސާން ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސްކޭމެއްކަމަށް ބުނަމުންދާއިރު، އެ ޕްރޮގްރާމަކީ ހަގީގަތުގައި މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ނިޔަތުގައި ތައާރަފްކުރި ޕްރޮގްރާމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ބޭފުޅުންނަށް ހަގީގަތުގައި ކިޔަވަމުން އަދި އިތުރަށް އާމްދަނީ ހޯދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައި އޮތް ޙާލަތެއް ކުރީގައި އޮތީ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން

އިހުސާން އިތުރަށް ވިދާޅުވީ، ހިލޭ ޑިގްރީއަށް ކިޔަވައިގެން އެއަށްވުރެ މަތީ ތައުލީމު ޙާސިލުކުރާ ދަރިވަރުންގެ އަދަދު މިހާރު އިތުރުވަމުންދާކަމަށެވެ. ފެންނަމުންދަނީ ހިލޭ ޑިގްރީގެ ފުރުސަތު ދަރިވަރުން ބޭނުންކޮށް އޭގެ ނަތީޖާ ނެރެމުންދާ މަންޒަރުކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަދު ހިލޭ ޑިގްރީ ލިބުމުގައި ސަރުކާރުގައި ދަތި ކަންކަން ހުރިކަން ދަރިވަރުން ފާހަގަ ކުރެއެވެ. އެގޮތުން މިސަރުކާރުގައި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކޯސް ހަމަނުޖެހޭ މައްސަލައާއި، ސްޓޫޑަންޓް ލޯނު ހޯދުމަށް ދަތިވުމާއި ގުޅިގެން ދަރިވަރުން އެކަމުގެ ޝަކުވާ ކުރަމުންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް