Advertisement
ކ. މާލެ
|
19 ޖުލައި 2024 | ހުކުރު 23:43
ނެޝަނަލް ރަޖިސްޓްރޭޝަން ސިސްޓަމް "ނާރެސް ޕޯޓަލް" އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން
ނެޝަނަލް ރަޖިސްޓްރޭޝަން ސިސްޓަމް "ނާރެސް ޕޯޓަލް" އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން
ރާއްޖެއެމްވީ
ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ
އަމާޒަކީ ތިން އަހަރު ތެރޭގައި ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން - އިހުސާން
"އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު
އޮޕަރޭޝަން ކުރަނގި އަކީ ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި

އަމާޒަކީ ތިން އަހަރު ތެރޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން އެފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އޮޕަރޭޝަން "ކުރަނގި" ފޭސް އިފްތިތާހްކުރުމަށާއި "ނާރެސް" އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement

ބިދޭސީންގެ ދަފްތަރު އެކުލަވާލުމަކީ ކައުންސިލްތަކަށް އޮތް ޤާނޫނީ ޒިންމާއަކަށް ވީ ނަމަވެސް އެކަން ނުކުރެވެނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އޮޕަރޭޝަން ކުރަނގީގެ ދެ ވަނަ ފޭސް ފެށީ އެކަން އެނގި ތިބެ ކަމަށް އިހުސާން ވިދާޅުވިއެވެ. މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މުޅި ރަށުގައި ތިބޭ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިހުސާން ވިދާޅުވިއެވެ. މިހާ ހިސާބަށް މި މައްސަލަ ބޮއްސުންލީ އެ މައްސަލަ އާއި މެދު އިހުމާލުވެފައިވާތީ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިހާރު އެކުލަވާފައިވާ އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލްތަކަށް ލިބޭނެކަމަށެވެ. މި އެޕްލިކޭޝަންގެ ސަބަބުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއެއްކަމަށް ޝައްކު ކުރެވޭ ބިދޭސީ އެއް ފެނިއްޖެ ނަމަަ އެ މީހާގެ ފޮޓޯގެ ނެގުމަށް ފަހު ކައުންސިލާއި ފުލުހުންނަށް އޭނާ އަކީ ކާކުކަން އެނގޭނެކަމަށެވެ. މިއީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ފޮޓޯ އެއް ނަގާފަ ކައުންސިލަށް ބަލާލެވޭނެ އެއީ ކާކުކަން އެއީ ކޮން އިރަކު އެންމެ ފަހުން ވިސާ ދެއްކި މީހެއްކަން. ފުރަތަމަ މަރުހަލާގައި ދެނެގަތުން ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން. އަމާޒަކީ ތިން އަހަރު ތެރޭގައި ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުން. ބިދޭސީންގެ މައްސަލަ އަށް އެއްކޮށް ދާއިމީ ހައްލެއް ދިނުން. ރައީސް އަންގަވާފައި ވަނީ ޤާނޫނު ތަންފީޒްކުރަން، އެންމެ އިސްކަމެއް ދީގެން ކުރާނީ އެ މަސައްކަތް. ޔުނިފޯމް އެޅި ހަތަރު މުއައްސަސާ ވެގެން އެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރަމުން.
ހޯމް މިނިސްޓަރ އަލީ އިހުސާން

އޮޕަރޭޝަން ކުރަނގި ފޭސް ދޭއް ފެށިއިރު، ކައުންސިލްތަކަށް ވަނީ ފިންގާ ޕްރިންޓް މެޝިންތަކެއް ހަދިޔާ ކޮށްފައެވެ.

އްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން "އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް