Advertisement
ކ. މާލެ
|
15 ޖުލައި 2024 | ހޯމަ 12:56
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން
ރާއްޖެއެމްވީ
އޮޑިޓް އޮފީސް
އިހުލާސްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރަމުންދާ ހިނދު ޤާނޫނީ ގޮތުން ބިރު ދައްކައިގެން ނުވާނެ: އޮޑިޓަރ ޖެނެރަލް އޮފީސް
ބައެއް ވިޔަފާރިތައް އޮޑިޓް ކުރުމުގައި އޮޑިޓް އޮފީހަށް ޤާނޫނީ ގޮތުން ގޮންޖެހުންތައް ހުރި
އޭނާ ވަނީ ޤާނޫނީ ގޮތުން ދިމާވާ ބައެއް އިތުރު ގޮންޖެހުންތައްވެސް ކޮމިޓީއާ ހިއްސާ ކުރައްވާފައި

އިހުލާސްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރަމުންދާ ހިނދު ޤާނޫނީ ގޮތުން ބިރު ދެއްކުމެއް އޮވެގެން ނުވާނެކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން އެހެން ބުނެފައިވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަމުންނެވެ.

Advertisement

މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ވާހަކަ ދައްކަމުން އެ އޮފީހުގެ ޑިރެކްޓަރ، ޓެކްނިކަލް އެންޑް ރިސަރޗް އަހުމަދު ސާމިޙު ވިދާޅުވީ، އިހުލާސްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރަމުންދާ ހިނދު ޤާނޫނީ ގޮތުން ބިރު ދެއްކުމެއް އޮވެގެން ނުވާނެ ކަމަށާއި، ނަމަވެސް މިހާރު ޤާނޫނު އޮތް ގޮތުން އެކަމަށް މާ ބޮޑަށް މަގުފަހި ނުވާކަމަށެވެ.

މަސްއޫލިއްޔަތު އަދާކުރަމުންދާ ހިނދު އޭނާއާ ދެކޮޅަށް ޤާނޫނީ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅޭ ގޮތަށް، އޭނާގެ ނޯމަލް ކޯލް އޮފް ޑިއުޓީ، އޭނާގެ މަސްއޫލިއްޔަތު އަދާކުރާއިރު ކުރާ ކަމަކާ ގުޅިގެން އެއްވެސް ކަހަލަ ޤާނޫނީ ގޮތުން ބިރު ދެއްކުމެއް އޮވެގެން ނުވާނެ، އެހެންނަމަވެސް މިހާރު އަޅުގަނޑުމެންގެ ޤާނޫނުގައި އޭގެ އެއްވެސް ވަރަކަށް އެކަހަލަ އެއްވެސް ޕްރޮވިޝަނެއް ނެތް އިނގޭތޯ މިހާރުގެ ޤާނޫނީ އޮނިގަނޑުގައި.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ޑިރެކްޓަރ، ޓެކްނިކަލް އެންޑް ރިސަރޗް އަހުމަދު ސާމިޙު

އޭނާ ވަނީ ޤާނޫނީ ގޮތުން ދިމާވާ ބައެއް އިތުރު ގޮންޖެހުންތައްވެސް ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ.  

އޭގެ އިތުރުން، އޮޑިޓަރ ޖެނެރަލް އައްޔަނު ކުރަން މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަޣުލަބިއްޔަތު ބޭނުންވާއިރު، މަޤާމުން ވަކި ކުރުން އޮންނަނީ އެއަށްވުރެ ލުއިކޮށްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަޤާމުން ވަކި ކުރާއިރު، މަޖިލީހުގެ އެ ދުވަހުގެ ސެޝަނެއްގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ހަމަވާނަމަ ވަކި ކުރެވޭ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ބައެއް ވިޔަފާރިތައް އޮޑިޓް ކުރުމުގައި އޮޑިޓް އޮފީހަށް ޤާނޫނީ ގޮތުން ގޮންޖެހުންތައް ހުރިކަންވެސް އެ އޮފީހުގެ ބޭފުޅުން ކޮމިޓީގައި ހިއްސާ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް