ކ. މާލެ
|
10 ޖުލައި 2024 | ބުދަ 01:30
ލިސާ ޕިސާނޯ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އިރު
ލިސާ ޕިސާނޯ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އިރު
ޝެލްބީ ލަމް/އޭޕީ
ލިސާ ޕިސާނޯ މަރުވުން
މެކޭނިކަލް ހާރޓް ޕަމްޕަކާއި އޫރު ކިޑްނީ އެއް ލެއްވި ދުނިޔޭގެ ފުރަތަމަ މީހާ މަރުވެއްޖެ
އެމެރިކާގައި އޯގަން ބަދަލު ކުރަންޖެހޭ މީހުންގެ ލިސްޓަށް ކޮންމެ 7 މިނެޓަކުން މީހަކު އިތުރުވާ ކަމަށް ވެއެވެ. އަދި އޯގަންގެ އިންތިޒާރުގައި ތިއްބާ ދުވާލަކު 7 މީހުން މަރުވާ ކަމަށްވެއެވެ.

މެކޭނިކަލް ހާޓް ޕަމްޕަކާއި އޫރު ކިޑްނީ އެއް ދުނިޔޭގައި ފުރަތަމަ ފަހަރަށް ލެއްވި މީހާ މަރުވެއްޖެއެވެ.

އޭނާ މަރުވީ އާދިއްތަ ދުވަހު ކަމަށް އޭނާއަށް ފަރުވާ ދެމުންދިޔަ އެންވައިޔޫ ލެންގޯން ހެލްތް އާއި ހަވާލާދީ ސީއެންއެން އިން ބުނެފައިވެއެވެ.

މި ޚަބަރުގައި ބުނެފައިވަނީ އޭނާ އޫރުގެ ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ކަމަށާއި، ނަމަވެސް ލެއްވި ކިޑްނީ މަސައްކަތް ނުކުރާތީ މެއި 29 ގައި އޭނާގެ ހަށިގަނޑުން އެ ކިޑްނީ ނެގި ކަމަށެވެ.

މިއީ މެކޭނިކަލް ހާޓް ޕަމްޕެއް ލައްވާފައިވަނިކޮށް، ކިޑްނީ ޓްރާންސްޕްލާންޓް ކުރި ފުރަތަމަ މީހާ އަށް ވުމުގެ އިތުރުން މިއީ އޫރުގެ ކިޑްނީ އާއެކު އޭގެ ތައިމަސް ގްލޭންޑް ޓްރާންސްޕްލާންޓް ކުރި ދުނިޔޭގެ ފުރަތަމަ މީހާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައިވެއެވެ.

އެމެރިކާގައި ކޮންމެ 7 މިނެޓަކުން އޯގަން ބަދަލު ކުރަން ޖެހޭ މީހުންގެ ލިސްޓަށް މީހަކު އިތުރުވާ ކަމަށާއި، އަދި އޯގަން ލިބުމުގެ އިންތިޒާރުގައި ތިއްބާ އެ ލިސްޓުން ކޮންމެ ދުވަހަކު 7 މީހުން މަރުވާ ކަމަށް އެމެރިކާގެ އޯގަން ޕްރޮކިއުމެންޓް އެންޑް ޓްރާންސްޕްލާންޓޭޝަން ނެޓް ވޯކް އާ ހަވާލާދީ ސީއެންއެން އިން ބުނެފައިވެއެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އޯގަން ބަދަލު ކުރަން ބޭނުންވާ މީހުންނަށް އިންސާނުންގެ އޯގަން ލިބުން ދަތި ކަމާއެކު އެހެން ޖަނަވާރުގެ އޯގަން ލެއްވުމަކީ މިކަމުގައި އޮތް ކޮންމެވެސް ވަރެއްގެ ހައްލެއް ކަމަށް ލިބިގެންދާނެ ކަމެކެވެ.

އެހެން ނަމަވެސް އެމެރިކާގައިވެސް އެހެން ޖަނަވާރެއްގެ އޯގަން އިންސާނަކަށް ލެއްވުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ކުރެވޭ ކަމެއް ނޫނެވެ. އެކަމަށް ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ޚާއްސަ ހުއްދައެއް ނަގަން ޖެހޭ ކަމަށްވެސް މި ޚަބަރު ގައި ވެއެވެ.

މި އަންހެން މީހާ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރި ކަމަށް ވަނީ ޑޮކްޓަރުންނަށް އޭނާ އަށް ދެވޭނެ އެހެން އެއްވެސް އިތުރު ފަރުވާއެއް ނެތުމުން ބޭނުންވާ ހުއްދަތައް ލިބުމުން ކަމަށް ވެއެވެ.

ޑޮކްޓަރުން ބުނެފައިވަނީ، އޭނާގެ ހަށިގަނޑަށް ލެއްވި ކިޑްނީ އަކީ ޖެނެޓިކް ބަދަލުތައް ގެނައުމަށް ފަހު ލެއްވި ކިޑްނީއެއް ކަމަށެވެ. އެ ބަދަލުތަކަކީ އިންސާނުންގެ ހަށިގަނޑަށް ލައްވާ އޯގަން އަކީ އެމީހެއްގެ އަމިއްލަ ދިފާއީ ނިޒާމުން ހަމަލާ ދީ ހަލާކު ކޮށްލާ އެއްޗަކަށް ވުމާއެކު އެކަމުގެ އަސަރު ކުޑަ ކުރުމުގެ ގޮތުން ގެނައި ބަދަލު ތަކެއް ކަމަށެވެ. އެއާއެކު އެކަމަށް އިތުރު ބާރެއް ދިނުމުގެ ގޮތުން އޫރުގެ ތައިމަސް ގްލޭންޑް ވެސް ކިޑްނީ އާ އެކު އޭނާގެ ހަށިގަނޑަށް ލެއްވި ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އެންމެ ފަހުން އޫރުގެ ކިޑްނީ ނަގަން ޖެހުނީ އެކަންކަމާ އެކުވެސް އެ ކިޑްނީ މަސައްކަތް ކުރާ ކަމަށް ޑޮކްޓަރުންނަށް ނުފެނުމުން ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް