ކ. މާލެ
|
10 ޖުލައި 2024 | ބުދަ 01:38
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ރާއްޖެއެމްވީ
ރާއްޖޭގެ މާލީ ހާލަތު
ސަރުކާރުން ދައްކަނީ ހުސް ވާހަކަ، އޮތް ހާލަތަށްވުރެ ގޯސްކޮށް ދައްކަން ސަރުކާރުން މަސައްކަތްކުރޭ - ނިޒާރު
ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ރާއްޖޭގެ މާލީ ހާލަތު ތަފްސީލުކޮށް ކިޔައިދޭތަނެއް ނުފެނޭ
މާލީ ހާލަތު ބުނެނުދެވި ހަމައެކަނި ފިޔަވަޅުތަކެއް އަޅާ ވާހަކަ ސަރުކާރުން ދައްކާ
އިގްތިސާދުގެ ވާހަކަ ދައްކަން ޖެހޭނީ އިހްތިސާދީ ބޭފުޅުން

ސަރުކާރުން ދައްކަނީ ހުސް ވާހަކަތަކެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ހާލަތާއި ހުރެ ފިޔަވަޅުތައް އަޅަންޖެހޭނަމަ އެކަންކަން ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ގައުމުގައި ނެތް ހާލަތެއް ގެނެސްގެން މި ސަރުކާރުން ގެނެސްގެން އުޅޭ ކަމަށެވެ. އަދި ރާއްޖޭގައި ނެތް ހާލަތެއް، އެއަށްވުރެ ބޮޑުކޮށްގެން ސަރުކާރުން ދައްކަމުން އަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

Advertisement

ނިޒާރު ވިދާޅުވީ އިގްތިސާދުގެ ވާހަކަ ދައްކާ ކަމުގައިވާނަމަ އިގްތިސާދުގެ ވާހަކަ ދައްކަން ޖެހޭނީ އިހްތިސާދީ ބޭފުޅުން ކަަމަށެވެ. ރާއްޖެ އޮތް ހާލަތު ސާފުކޮށް ފިނޭންސް މިނިސްޓަރަށް ރައްޔިތުންނަށް ބުނެދެވެން ޖެހޭނެ ކަމަށެވެ.

ރާއްޖެއަށް ލިބެން އޮތް އެއްޗެއް، ރާއްޖެ އޮތް ހާލަތު، ދަރަނިވެރިވެފައި އޮތްވަރު، ރާއްޖެއަށް އެއްޗެއް ނުލިބޭނަމަ ދެންވާނެ ގޮތެއްވެސް ބުނެދެވެންޖެހޭނެ. އެކަން ދައްކައިގެން އެގޮތަށް ކުރަންޖެހޭނީ. ނޫނިއްޔާ ގަވަރުނަރާއެކު ފިނޭންސް މިނިސްޓަރާއި އެޑްވައިޒަރުންނާއެކު އެކަން ކުރަންވީ. ނުވަތަ ރާއްޖެއިން ބޭރުން ބޭފުޅަކު ގެނެސްގެން ރާއްޖޭގެ މާލީ ހާލަތު ރައްޔިތުންނަށް ބުނެދެވެންޖެހޭނެ.
އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު

ނިޒާރު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ބުނެނުދެވި ހަމައެކަނި ފިޔަވަޅުތަކެއް އަޅާ ވާހަކަ ސަރުކާރުން ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ކައުންސިލްތައް ކުޑަކުރަންވީ ކަމަށާއި، ތަމްރީނު ދަތުރުތައް ނުކުރަންވީކަމަށް ބުނެ ސަރުކާރުން ވާހަކަ ދައްކަމުން އަންނަ އިރު، އެ ވާހަކަތައް ދައްކަންޖެހޭނީ ރާއްޖެ އޮތް ހާލަތު ކިޔައިދިނުމަށްފަހުގައި ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ރާއްޖޭގެ މާލީ ހާލަތު ތަފްސީލުކޮށް ކިޔައިދޭތަނެއް ނުފެންނަ ކަމަށާއި، ހަމަ އެކަނި ދަރަނީގެ ވާހަކައެއް ކަމަށެވެ. އަދި ދަރަނީގެ ވާހަކަ ސަރުކާރުން ދައްކާއިރުވެސް، މަޖިލިސް އިންތިހާބަށް ސަރުކާރުގެ ތަންތަނަށް ތިންގުނަ އިތުރަށް މުވައްޒަފުން ނަގާފައިވާ ކަމަށެވެ.

ކަންކަން ނުކުރުމަށް ފެނަކައިން ދަރަނީގެ ވާހަކަ ދެއްކުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން. އައްޑޫގެ ރައްޔިތުން ކަޅު އަނދިރީގައި ބައިތިއްބައިގެން ދަރަނިވެރި ވެއްޖެކަމަށް ބުނުމަކުން ގަބޫލެއް ނުކުރެވޭނެ.
އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު

ނިޒާރު ވިދާޅުވީ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރެވޭނެކަމަށެވެ. އެމްޑީޕީގެ ސަރުކާރުން ކަންކަން ރަނގަޅުކުރަން ވައުދުވެ އެކަންކަން ކޮށްފައިވާ ކަމަށާއި، މަސްވެރިންނަށް މަސްކިލޯއަކަށް 25 ރުފިޔާ ދޭން ނިންމީ ކަންކަން ބައްލަވާފައި ކަަމަށެވެ. ނަމަވެސް މި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް