ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 22:32
އިސްލާމިކް މިނިސްޓަރ ޝަހީމްގެ ކޮއްކޮ ވަނީ މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަންކޮށްފައި
އިސްލާމިކް މިނިސްޓަރ ޝަހީމްގެ ކޮއްކޮ ވަނީ މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަންކޮށްފައި
ރާއްޖެއެމްވީ
ހަރަދުކުޑަކުރުމުގެ ސިޔާސަތު
ރައީސް މުއިއްޒުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އިސްލާމިކް މިިނިސްޓަރު ޝަހީމްގެ ކޮއްކޮއަށް ޓުއަރިޒަމްގެ ނައިބުކަން ދީފި
މިނިސްޓަރު ޝަހީމްގެ ދަރިފުޅަށްވެސް ވަނީ މެލޭޝިއާ ހައިކޮމިޝަނުން މަގާމެއް ދީފައި

ގައުމަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އިސްލާމިކް މިިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ކޮއްކޮއަށް ޓުއަރިޒަމްގެ ނައިބުކަން ދީފިއެވެ.

Advertisement

ޓުއަރިޒަމް މިނިސްޓަރުގެ ނައިބުކަން ދީފައިވަނި އިސްލާމިކް މިނިސްޓަރު ޝަހީމްގެ އެއްބަނޑު އެއް ބަފާ ކޮއްކޮ އަހުމަދު ޝިފާޒަށެވެ. އޭނާ އައްޔަންކުރީ ކޮން އިރަކުކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. އަދި ފަހުން ސިޔާސީ މަގާމުތަކަަށް އައްޔަންކުރާ ފަރާތްތަކުގެ މައުލޫމާތުތައް ސަރުކާރުން ހާމަކުރަމުން ނުދެއެވެ.

އިސްލާމިކް މިނިސްޓަރ ޝަހީމްގެ ކޮއްކޮއަށް ނައިބުގެ މަގާމް ދީފައިވާއިރު، މިނިސްޓަރ ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް، މެލޭޝިއާގެ ދިވެހި ހައި ކޮމިޝަންގެ މަގާމަކަށް ވަނީ އައްޔަންކޮށްފައެވެ. އޭނާ އަށް 100،000 ރުފިޔާ އަށް ވުރެ ބޮޑު މުސާރަ އެއް ލިބޭ މަޤާމެއް ދީފައިވާކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރުމުގެ އިތުރުން ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް