ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 14:32
ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވުން
ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވުން
ރާއްޖެއެމްވީ
ވޭނެއްގައި އެއްޗެއް ގޮވުން
ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވާ ޒާތުގެ އަޑެއް، މީހަކަށް އަދި ވޭނަކަށް ގެއްލުމެއް ނުވޭ
އެ ސަރަޙައްދު ކޯޑަންކޮށް މިހާރު ސިފައިންވެސް ޙަރަކާތްތެރިވަމުންދޭ
ފުލުހުން ބުނީ އެ ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް

ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެކަމުގެ ރިޕޯޓު ލިބިގެން އެ ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރި ވަމުންދާކަމަށް އަންގާރަ ދުވަހުގެ މެންދުރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށެވެ.

Advertisement

އެ ސަރަޙައްދު ކޯޑަންކޮށް މިހާރު ސިފައިންވެސް ޙަރަކާތްތެރި ވަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ސަރަޙައްދުގައި ތިބި އާއްމުން ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން ބުނީ، އެ ސަރަޙައްދުން އަޑެއް އިވުނު ކަމަށާއި، ނަމަވެސް އެއީ އެހާ ގަދަ އަޑެއް ނޫން ކަމަށެވެ.

މި ޙާދިސާ އާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، މިފަދަ ޙާދިސާތަކުގައި އާއްމު އުސޫލުން އިޖުރާއަތުތަކާ އެއްގޮތަށް އަމަލު ކުރަމުންދާކަމަށެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ޙާދިސާގައި ވޭނަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް