ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 12:17
ހަނގުރާމައިގެ ނުރައްކާ ބޮޑުވެ ފަލަސްޠީނުގެ ރައްޔިތުން ޝުޖާޔާ އަވަށުން ފިލައިގެން ދާރާޖް އަވަށާ ދިމާލަށް ދަތުރުކުރަނީ
ހަނގުރާމައިގެ ނުރައްކާ ބޮޑުވެ ފަލަސްޠީނުގެ ރައްޔިތުން ޝުޖާޔާ އަވަށުން ފިލައިގެން ދާރާޖް އަވަށާ ދިމާލަށް ދަތުރުކުރަނީ
އޭއެފްޕީ
ގާޒާ ހަނގުރާމަ
ގާޒާގެ އިރުމަތީ ސަރަހައްދުން ފަލަސްތީން މީހުން ފައިބަން އިޒްރޭލުން އަންގައިފި
ގާޒާގެ އިރުމަތީ ސަރަހައްދުތަކުން މީހުން ފައިބައިގެން ދިއުމަށް އިޒްރޭލު ސިފައިން އަމުރު ނުރުމުން، އަމިއްލަ ވަޒަން ދޫކޮށް އެތައް ހާސް ފަލަސްތީނު މީހުން އެ ސަރަހައްދުން ނުކުންނަމުންދާ އިރު، ހަމަ މިފަދަ އަމުރެއް ޚާން ޔޫނިސްގައި އުޅޭ ފަލަސްތީނު ރައްޔިތުންނަށް ވެސް އިޒްރޭލް ސިފައިން ވަނީ ކޮށްފައެވެ.

ގާޒާ ސިޓީގެ އިރުމަތީ ސަރަހައްދު ތަކުން ފަލަސްތީން ރައްޔިތުން ފައިބައިގެން ދިއުމަށް ޔަހޫދީ ސިފައިން އަމުރު ކޮށްފިއެވެ.

އެއާއެކު އެ ސަރަހައްދު ތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުން އެމީހުންގެ ގެދޮރު ދޫކޮށް އެ ސަރަހައްދުން ނުކުންނަމުންދާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފައިވެއެވެ.

އަނެއް ކޮޅުން ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނެވޭތޯ މަޝްވަރާ ކުރުމަށް މިސްރު އާއި ގަތަރުގައި ބައްދަލުވުނުން ތައް މިހަފްތާގައި ކުރިއަށް ދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވެފައިވަނީ ގާޒާގެ ހަނގުރާމަ އާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވުނަސް، ލުބަނާންގެ ހިޒްބުﷲ އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިޒްރޭލުން ހުއްޓާނުލާނެ ކަމަށެވެ.

ހުސްވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދީފައިވާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 38،153 މީހުން މަރުވެފައި ވެއެވެ. އޭގެ އިތުރުން 87،828 މީހުން ޒަޚަމްވެފައިވެއެވެ.

އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް