އިޒްރޭލުން އާދިއްތަ ދުވަހު ގާޒާ އަށް ދިން ހަމަލާ އެއްގައި ހަމާސް ގެ އިސް އޮފިޝަލަކު މަރާލައިފި ކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމަލާގައި މަރުވީ ގަޒާގައި ހަމާސް އިން ގާއިމް ކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީ އޮފް ލޭބަރ ގެ ޑެޕިއުޓީ މިނިސްޓަރ އިހާބް އަލް ޣުސެއިން ކަމަށް ހަމާސްގެ މީޑިއާ އިން ބުނެފައިވެއެވެ.
ވައިގެ މަގުން ޔަހޫދީ ސިފައިން ދިން މި ހަމަލާގައި ހަމާސްގެ އޮފިޝަލްގެ އިތުރުން ފަލަސްތީނުގެ ތިން މީހުން ވެސް މަރުވި ކަމަށް ޚަބަރު ތައް ބުނެއެވެ.