Advertisement
ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 21:37
މިނިސްޓަރ ޝަހީމް އަދި ދަރިފުޅު މާހިލް
މިނިސްޓަރ ޝަހީމް އަދި ދަރިފުޅު މާހިލް
ސަރުކާރުގެ ސިޔާސީ މަޤާމްތައް
ޝަހީމްގެ ދަރިފުޅަށްވެސް ބޮޑު މުސާރަ ލިބޭ މަޤާމެއް؟ - ސަރުކާރުން ކޮމެންޓެއް ކުރަން ބޭނުމެއް ނުވި!
މެލޭޝިޔާގައި ދިރިއުޅެމުންދާ މާހިލްގެ ކޮންމެ ކުއްޖަކަށް 1200 ޔޫއެސް ޑޮލަރު ލިބޭ ކަމަށް އެ ލިޔެކިޔުންތަކުން އެނގޭ
ފެތުރެމުންދާ ލިޔެކިޔުންތައް ބުނާ ގޮތުން އޭނާ އަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 104000 އަށް ވުރެ ގިނަ ރުފިޔާ ލިބޭ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް، މެލޭޝިއާގެ ދިވެހި ހައި ކޮމިޝަންގެ މަގާމަކަށް އައްޔަންކޮށްފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ސަރުކާރުން ކޮމެންޓް ކުރަން ދެކޮޅު ހަދައިފިއެވެ.

އޭނާ އަށް 100،000 ރުފިޔާ އަށް ވުރެ ބޮޑު މުސާރަ އެއް ލިބޭ މަޤާމެއް ދީފައިވާކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރުމުގެ އިތުރުން ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކަމާއި ގުޅޭ ގޮތުން ސަރުކާރުގެ ތަރުޖަމާނާއި، ރައީސް އޮފީހުގެ ބައެއް ވަޒީރުން އަދި ކަމާއި ގުޅުން ހުރި އިދާރާތަކުގެ ބަހެއް ހޯދަން ހަތަރު ގަޑި އިރު ވަންދެން ރާއްޖެ އެމްވީން ކުރި މަސައްކަތަށް ސަރުކާރުން އިޖާބަ ދީފައެއް ނުވެއެވެ.

Advertisement

މާހިލް އަށް އެފަދަ މަޤާމެއް ދިންކަން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާ އަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުގައި ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެކަން ދޮގުކޮށްފައި ނުވާތީ އެ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ބެލެވެއެވެ.

އޭނާގެ މަޤާމުގެ މުސާރައިގެ ތަފްސީލްތައް ކަމަށް ބުނާ ލިޔުންތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލާފައެވެ. މެލޭޝިޔާގައި ދިރިއުޅެމުންދާ މާހިލްގެ ކޮންމެ ކުއްޖަކަށް 1200 ޔޫއެސް ޑޮލަރު ލިބޭ ކަމަށް އެ ލިޔެކިޔުންތަކުން އެނގެއެވެ. އަދި އޭނާގެ ގޭގެ ފެނާއި، އިންޓާރނެޓް، ކުލި، ދަތުރުތައް އަދި ދަރިންގެ ސްކޫލްފީ އަށް ވެސް އެމްބަސީ އިން ފައިސާ ދައްކާނެ ކަަމަށް އެ ލިޔުމުގައި ވަނީ ބުނެފައެވެ.

އެ ލިޔެކިޔުންތައް ބުނާ ގޮތުން އޭނާ އަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 104000 އަށް ވުރެ ގިނަ ރުފިޔާ ލިބެއެވެ. ނަމަވެސް ސަރުކާރުން ރާއްޖެ އެމްވީގެ ސުވާލުތަކަށް ޖަވާބު ނުދެއްވާތީ މި އަދަދުތަކުގެ ސައްހަކަން ނުވަތަ ނޫންކަން ވެސް ވަނީ ކަށަވަރުވާގޮތް ނުވެފައެވެ.

Advertisement

Advertisement
- ކޮމެންޓް
6 ޖުލައި 2024 | ހޮނިހިރު 23:01
ހިޔަލަ ޕެއާ
ޅިޔަނަށް ދޭން އުޅުނު ވަޒީފާ އެދަމާލީ އަދާވަތު ސަހީނު