ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 12:44
ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަ ކުރި މީހުން
ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަ ކުރި މީހުން
ޕޮލިސް
100 ކިލޯގެ ޑްރަގު މައްސަލަ
100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 2 ބިދޭސީން ފިޔަވައި އެންމެން ތިބެނީ މުޖުތަމައަށް ދޫކޮށްލާފައި
ޒާއިދު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ކުށުގެ ތުހުމަތުގައި

100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ އިބްރާހިމް ޒާއިދު ޙަބީބް ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 2 ބިދޭސީން ފިޔަވައި އެންމެން ތިބެނީ މުޖުތަމައަށް ދޫކޮށްލާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ކުށުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރު ކުރުމަށްފަހު 5 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ކުރު މުއްދަތެއް ޖަހާފައިވަނީ އޭނާ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައިވާތީއެވެ.

100 ކިލޯ ޑްރަގް މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމެއް ބާއްވާފައިވަނީ 28 އޮގަސްޓް 2023 ދުވަހުގެ 13:00 ގައެވެ. އެ ދުވަހު އޮތީ، މިމައްސަލަ ބައްލަވާ ޤާޟީ ބަދަލުވެފައިވާތީ، މައްސަލަ ގޮސްފައިވާ ހިސާބު ސާފުކުރުމެވެ.

އެމައްސަލަ ގޮސްފައިވާ ހިސާބަކީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި ދިފާޢީ ހެކިން ހުށަހެޅުމުގެ މަރުހަލާއެވެ. އެކަމަށް، އެދުވަހުގެ އަޑުއެހުމުގައި 10 ދުވަހުގެ ފުރުސަތެއް އޮތީ ދެއްވައިފައެވެ.

އޭގެ ފަހުން މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައެއްނެތެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއާ 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، އެ ދައުވާ ސާބިތުނުވެ، މި ކުށުގެ އަމަލުގައި އެއްވެސް މިންވަރަކަށް ބައިވެރިވިކަން ނުވަތަ ކުށް ކުރަން އުޅުނުކަން ސާބިތުވެއްޖެނަމަ 18 އަހަރަށް ޖަލަށް ލުމާއެކު، 75،000 ރުފިޔާއާއި، 7،500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް