ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 11:25
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބު
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބު
ފްރާންސް 24
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބު
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
ލޭބަރ ޕާޓީގެ ވެރިޔާ ކެއި ސްޓާމާ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަން ޔަގީން ކުރެވިފައި ވާއިރު، އިންތިޚާބުން ބޮޑު ނާކާމިޔާބަކާ ކުރިމަތި ލެއްވި މިހާރު ހުންނެވި ކޮންޒަވެޓިވް ޕާޓީގެ ބޮޑު ވަޒީރު ރިޝީ ސުނާކް ހުކުރު ދުވަހުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެއެވެ.

އިނގިރޭސި ވިލާތުގައި ބުރާސްފަތި ދުވަހު އޮތް އެ ގައުމުގެ އާންމު އިންތިޚާބު ލޭބަރ ޕާޓީން ކާމިޔާބުކޮށް އެ ގައުމުގެ ބޮޑު ވަޒީރުގެ މަގާމު ކެއި ސްޓާމާ ޔަގީން ކުރައްވައިފިއެވެ.

އަދި އިންތިޚާބުގެ ފުރިހަމަ ނަތީޖާ އިއުލާން ކޮށްފައި ނުވި ނަމަވެސް މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ 650 ގޮނޑީގެ ތެރެއިން 326 ގޮނޑި ލޭބަރ ޕާޓީ އަށް ޔަގީންވެ، އިނގިރޭސި ވިލާތުގެ ދެން އަންނަ ސަރުކާރަކީ ލޭބަރ ޕާޓީގެ ސަރުކާރެއްކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

އިންތިޚާބުން ބަލިވިކަން ކޮންޒަވެޓިވް ޕާޓީގެ މިހާރު ހުންނެވި ބޮޑު ވަޒީރު ރިޝީ ސުނާކް ވަނީ އިއުލާން ކުރައްވާފައެވެ.

އިންތިޚާބުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތިލެއްވި ރިޝީ ސުނާކް ހުކުރު ދުވަހުގެ ވަގުތެއްގައި ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އިންތިޚާބީ ބޮޑު ވަޒީރަށް ރާއްޖޭގެ ރައީސް ޑރ. މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެ އެކްސް ގައި މެސެޖެއް ޕޯސްޓް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ރައްޔިތުން ތަމްސީލްކުރަން ގިނަ މީހުން ކައުންސިލްގައި ތިބޭކަށް ނުޖެހޭ، ކައުންސިލްގެ ސައިޒްކުޑަކުރަން ހުށަހަޅާނަން - ރައީސް ޑރ.މުއިއްޒު
އިފްތިތާޙުކުރަން އުޅުނު ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ކުރިން އެކުލަވާލާފަ އޮތްކަން މިނިސްޓަރަށް އެނގިވަޑައެއް ނުގަންނަވާ؟
ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
ރަސޫލާގެ ހިޖުރައިން ލިބޭ ފިލާވަޅަކީ ދީނަށްޓަކާ ގުރުބާންވުމުގެ މުހިއްމުކަން - ޚުތުބާ
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
ބިމުން އެއްވެސް ބައެއް ގެއްލޭ ގޮތައް ޔޫކްރެއިނުން އޮތީ ރަޝިއާ އަށް ދޫކުރާ ގޮތަކަށް ނޫން: އޮފިޝަލް
ލޯނު ނެގުމާއި ފައިސާ ޗާޕް ކުރުމަކީ އިޤްތިސާދު މެނޭޖް ކުރަން އެނގިތިބެ ނިންމި ކަންކަން: މައުރޫފް