ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 21:10
އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ
އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ހަނގުރާމަ ހުއްޓައެއް ނުލާނަން، ހަމާސް ނައްތާލާނަން: ނަތަންޔާހޫ
އިޒްރޭލުން ކުރާ ހަނގުރާމައިގެ މަގްސަދު ތަކުގެ ތެރޭގައި ގާޒާގައި ހައްޔަރު ކޮށްފައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުން ހިމެނެއެވެ.

ހަނގުރާމައިގެ ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި، ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ހަފްތާގެ ކެބިނެޓް ބައްދަލުވުން ފައްޓަވަމުން ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލުން ކުރާ ހަނގުރާމައިގެ މަގްސަދު ތަކުގެ ތެރޭގައި ގާޒާގައި ހައްޔަރު ކޮށްފައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުމާއި، ގާޒާގެ ތެރެއިން އިޒްރޭލުގެ ސަލާމަތައް ހުރި ހުރިހާ ނުރައްކަލެއް ނައްތާލުން ހިމެނޭ ކަމަށެވެ.

"މި ކަމަށް ޝައްކު ކުރާ އެއްވެސް ފަރާތެއް ހުރިނަމަ ބުނަން، ކާމިޔާބުގެ ބަދަލުގައި ހޯދާނެ އެހެން އެއްޗެއް ނޯންނާނެ، ހުރިހާ މަގްސަދެއް ހާސިލް ނުވަނީސް ހަނގުރާމަ އެއް ނުނިންމާނަން." ނަތަންޔާހޫ ވިދާޅުވިއެވެ.

ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ހުސްވި އަހަރުގެ އޮކްޓޯބަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ލާ އިންސާނީ އަނިޔާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ ގެ ތަފާސް ހިސާބުން ހާމަވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
"މި އަނިޔާގެ ހިތި ރަހަ ދައްކާލާނަން" – ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިޒްރޭލަށް!
ޚާން ޔޫނިސްގެ "ރައްކައުތެރި ސަރަހައްދު" އަކަށް އިޒްރޭލް ސިފައިން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ 12 މީހުން މަރާލައިފި
އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ސަރުކާރު ހޫނު ފެނަށް ވެއްޓުމުން، ހިލުވާލި ދަރަނި ދަންތުރައިގެ ވާހަކަ!
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
ޚާން ޔޫނިސްގެ ބޮޑު ބަޔަކުން ވަގުތުން މީހުން ހުސްކުރަން ޔަހޫދީ ސިފައިން އަމުރު ކޮށްފި
ހަތް މަސް ފަހުން އަލް-ޝިފާ ހޮސްޕިޓަލްގެ ވެރިޔާ އިޒްރޭލު ޖަލުން ދޫކޮށްލައިފި
ދަރިފުޅުގެ ކުރިމަތީގައި، ދިރިއޮތް މަންމަގެ ގައި މަތިން އިޒްރޭލުގެ ޓޭންކް ދުއްވާ ޗިސްކޮށްލައިފި
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ބޮލަށް ބަޑި ޖަހާ މަރަން އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ގޮވާލައިފި