ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 08:59
މެޗުގައި ލަނޑު ޖެހުމަށްފަހު ބްރެޒިލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބްރެޒިލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ޓްވިޓަރ
ކޮޕާ އެމެރިކާ 2024
ޕެރަގުއޭ ބަލިކޮށް، ބްރެޒިލް ދެ ވަނަ އަށް
ހޮނިހިރު ދުވަހުގެ ފަތިހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކުރީ 4-1 އިންނެވެ.

މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް މޮޅުވެއްޖެ އެވެ.

ގްރޫޕް ޑީ ގައި ބްރެޒިލުން ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު މެޗު އޮތީ އެއްވަރުވެފަ އެވެ. ހޮނިހިރު ދުވަހުގެ ފަތިހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކުރީ 4-1 އިންނެވެ.

މެޗު ފަށައިގެން 31 ވަނަ މިނެޓުގައި ބްރެޒިލަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އެ ޓީމުގެ ލޫކަސް ޕަކޭޓާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕަކޭޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރެޒިލަށް ލީޑު ނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ފުރަތަމަ ހާފުގައި ބްރެޒިލް އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. 43 ވަނަ މިނެޓުގައި ސާވިއޯ ލަނޑެއް ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތިން ވަނަ ލަނޑު ޖެހީ ވިނީޝިއުސް އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޕެރަގުއޭ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑަރު އޮމަރް އަލްޑަރޭޓޭ އެވެ. މެޗުގައި ބްރެޒިލްގެ ހަތަރު ވަނަ ލަނޑު ޖެހީ ޕަކޭޓާ އެވެ. އެއީ މެޗުގެ 65 ވަނަ މިނެޓުގައި ބްރެޒިލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު ބްރެޒިލް ވަނީ މި ގްރޫޕްގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބްރެޒިލް ނިކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް