ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 00:38
ޖިންސީ ގޯނާ ކުރިމަތިވާ ކުޑަކުދިންނަށް މުޅި ދިރިއުޅުމުގައި އެކަމުގެ ހިތްދަތިކަން އިހްސާސް ކުރަންޖެހޭ
ޖިންސީ ގޯނާ ކުރިމަތިވާ ކުޑަކުދިންނަށް މުޅި ދިރިއުޅުމުގައި އެކަމުގެ ހިތްދަތިކަން އިހްސާސް ކުރަންޖެހޭ
ގޫގުލް
ޖިންސީ ގޯނާގެ މައްސަލަ
އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ
މައްސަލަ ރިޕޯޓް ކުރީ ކުއްޖާގެ މަންމަ

ބުދަ ދުވަހު ކޯޓުގައި އަޑު އެހުންތައް ފެށުނު އިރު ކުއްޖާގެ ބައްޕަގެ މައްޗަށް ކުރެވިފައިވާ 626 ކުށުގެ ރިޕޯޓު ހުށަހަޅާ ނިމުނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ނިޔަލަށެވެ.

އުމުރުން 36 އަހަރުގެ މި ފިރިހެން މީހާ ޖިންސީ ގޮތުން ފުރައްސާރަ ކުރަމުން ދިޔަ އަންހެން ކުއްޖާގެ އުމުރަކީ 15 އަހަރެވެ.

މެލޭޝިއާގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރ އޭ.އެފް.ޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާގެ މައްޗަށް ކުރެވިފައިވާ އެތައް ސަތޭކަ މައްސަލައިގެ އަދަބަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

މި ފިރިހެން މީހާގެ މައްސަލަ ބަލަމުން ދަނީ މެލޭޝިއާގެ އިދާރީ ކެޕިޓަލް ކަމުގައިވާ ޕުޓްރަޖާޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ބެލުމަށް ޚާއްސަކޮށް މިއަހަރުގެ ޖޫން މަހު އުފެއްދި ކޯޓެއް ގައެވެ.

މަސައްލަ ބައްލަވާ ފަނޑިޔާރު ވަނީ ކަފާލާތުގެ ދަށުން މި ފިރިހެން މީހާ ދޫކުރުމަށް ހުއްދަ ނުދެއްވާފައެވެ.

ކައިވެނި ރޫޅުމުގެ ސަބަބުން ދެމަފިރިން އުޅެނީ ވަކިން ކަމަށާއި، މައްސަލަ ފުލުހުންނަށް ހުށަހެޅީ ކުއްޖާގެ މަންމަ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

މި ކުއްޖާގެ ބައްޕަ މި އަމަލުތައް ހިންގަމުން ދިޔަ ކަމަށް ތުހުމަތު ކުރެވިފައިވަނީ އަންހެން ކުއްޖާ މަންމަ އާ ވަކިން މި އަހަރުގެ ކުރީކޮޅު ބައްޕަ ކައިރީގައި ބަހައްޓާފައި ހުރި ދުވަސްވަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
11 އޯގަސްޓް 2017 | ހުކުރު 01:49
މަގުބޫލު
މ600 .ފަހަރު ބަފާ ގައިގާ އަލިފާންޖެއްސިޔަސް ބަދަލުނުލިބޭނެ .