ކ. މާލެ
|
28 ޖޫން 2024 | ހުކުރު 14:54
މާފުށި ޖަލު - ތުހުމަތު ކުރެވޭ 18 އޮފިސަރުންގެ ތެރެއިން 6 މީހަކު ވަނީ ވަޒީފާއިން ވަކިވެފަ
މާފުށި ޖަލު - ތުހުމަތު ކުރެވޭ 18 އޮފިސަރުންގެ ތެރެއިން 6 މީހަކު ވަނީ ވަޒީފާއިން ވަކިވެފަ
ގޫގުލް އާރތް
މާފުށި ޖަލު އޮފިސަރުން ހައްޔަރު ކުރުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އޮފިސަރުން ތަކެއް ހައްޔަރުކޮށްފި
ގައިދީންވެސް އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވޭ
ނެޓްވޯކްގައި 18 އޮފިސަރުން ހިމެނޭ ބައެއް މީހުންގެ އެކައުންޓްގައި 24 މިލިއަން ރުފިޔާ ހުރި

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި މާފުށި ޖަލުގެ 13 އޮފިސަރުން ހައްޔަރު ކޮށްފިއެވެ.

ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެހީތެރިވާ ކަމުގެ ތުހުމަތުގައި، އެކަމުގައި ބައިވެރިވާ މީހުން ހޯދުމުގެ ޚައްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

ދާޚިލީ ވަޒީރު އަލީ އިހްސާން ބައިވެރިވެ ވަޑައިގެންނެވި ފުލުހުންގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހްސާން ވިދާޅުވީ މައްސަލައިގައި ކަރެކްޝަންސްގައި މަސައްކަތް ކުރާ 18 އޮފިސަރުން ހިމެނޭ ކަމަށާއި އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ވަދެފައި ވާކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފައިސާ އޮފިސަރުންގެ އެކައުންޓަށް އައިސްފައިވާ ވަނީ ބައެއް ގައިދީންގެ އެކައުންޓުންނާއި އެމީހުންނާ ގުޅުން އޮންނަ މީހުންގެ އެކައުންޓުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 13 އޮފިސަރުންގެ ތެރޭގައި ހިމެނެނީ، ކ. މާފުށިން ހައްޔަރުކުރި 9 އޮފިސަރުންނާއި ކ. ކާށިދޫން ހައްޔަރުކުރި 2 އޮފިސަރުންނާއި ހއ. އުތީމުން ނާއި މާލެއިން ކޮންމެ ރަށަކުން ހައްޔަރު ކުރި އޮފިސަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ މައުލޫމައް ބަލާއިރު، ތުހުމަތު ކުރެވޭ 18 އޮފިސަރުންގެ ތެރެއިން 6 މީހަކު ވަނީ ވަޒީފާއިން ވަކިވެފައެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، އެއްވެސް ވިޔަފާރި އެއް ނުކުރާ ބައެއްގެ އެކައުންޓަށް މިހާ ގިނަ ފައިސާ ޖަމާވަމުން ދިޔަ ގޮތް ކޮންމެހެން ވެސް ހޯއްދަވާނެ ކަމަށާއި ފައިސާ ޖަމާކޮށްދިން މީހުން ވެސް ހޯދާ އަދަބު ދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް