ކ. މާލެ
|
28 ޖޫން 2024 | ހުކުރު 09:38
ނަތަންޔާހޫ
ނަތަންޔާހޫ
ގޫގުލް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އީރާނުން ހަތް ދިމާލަކުން އިޒްރޭލަށް އެބަ ހަމަލާތައް ދޭ: ނަތަންޔާހޫ
މީހުން ސަލާމަތްކުރަން އުޅެމުންދިޔަ ބަޔަކަށް ހަމަލާދީ 3 ސިއްހީ އޮފިޝަލުން ވަނީ މަރާލައިފައެވެ.

އީރާނުން 7 ދިމާލަކުން އިޒްރޭލަށް ހަމަލާ ދެމުން ދާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ މިކަމާ ގުޅިގެން އީރާނަށް އިންޒާރު ދެއްވަމުން ވިދާޅުވީ، އިޒްރޭލަށް އެ ގޮތަކަށް ކަންކުރާ ބަޔަކަށް ދެމިއެއް ނޯވެވޭނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ، އީރާނުން އިޒްރޭލަށް ހަމަލާ ދެނީ ސަރަހައްދުގެ ގައުމުތަކުގައި އުފެދިފައިވާ ހަނގުރާމަ ވެރި ޖަމާއަތްތައް މެދުވެރި ކޮށްގެން ކަމަށެވެ.

އަނެއްކޮޅުން ގާޒާގެ ދިފާއީ އެޖޭންސީގެ އޮފިޝަލުން ބުނެފައިވާ ގޮތުން، ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއެއްގައި ގެއްލުންވި ފަލަސްތީނު މީހުންނަށް ސިއްހީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން ދަނިކޮށް އިޒްރޭލުގެ ބޯޓުތަކުން އެ ސަރަހައްދަށް ބޮން އެޅުމުގެ ސަބަބުން 3 ސިއްހީ ޚިދުމަތްތެރިން މަރުވެ 12 މީހުން ޒަޚަމްވެފައިވެއެވެ.

އެއާއެކު ޝުޖާޔާ ރެފިއުޖީ ކޭމްޕަށް ކުއްލިއަކަށް އިޒްރޭލު ސިފައިން ބުރާސްފަތި ދުވަހު ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން ގާޒާގެ މަގުތަކުގައި ކޮޅުކޮޅު މައްޗަށް އާއްމުންތައް ފުރާނަ ސަލާމަތް ކުރަން ދުވަމުންދާ އިރު މަގުމަތީގައި މަރުވެފައިވާ މީހުންގެ ހަށިތަކާއި ޒަޚަމްވެފައިވާ މީހުންގެ ހަށިތައް ހުރިކަން ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ޚާން ޔޫނިސްގައި ހުރި ޑީސެލިނޭޝަން ޕްލާންޓް އަލުން ހިންގޭނެ ގޮތް ހަދައިދޭން އިޒްރޭލުން އެއްބަސްވުމާއެކު، އެ ސަރަހައްދުގައި ދިރިއުޅޭ މިލިއަނެއްހާ ފަލަސްތީނު މީހުންގެ ޒަރޫރީ ކަންކަމަށް ބޭނުންވާ ފެންފޮދު ލިބޭނެ ގޮތް ވުމުގެ އުއްމީދު ލިބިފައިވާ ކަމަށް ޔުނިސެފް އިން ވަނީ ބުނެފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،765 މީހުން ފަލަސްތީނުން މަރުވެފައިވެއެވެ. އަދި 86،429 މީހުން ޒަޚަމްވެފައި ވެއެވެ. ފަލަސްތީނުގެ ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގައި މަރުވެފައިވަނީ 1،139 މީހުންނެވެ.

ކޮމެންޓް