ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 17:25
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ރާއްޖެއެމްވީ
ދިވެހި ފުލުހުންގެ ޚިދުމަތް
ހިޔާ ފްލެޓުގެ ކޮރިޑޯރ ގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން
ކޮރިޑޯގައި އަނިޔާކުރާ ވީޑިއޯއެއް ޖޫން މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ

ހިޔާ ފްލެޓުގެ ކޮރިޑޯރ ގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، ހިޔާ ފްލެޓުގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ޖޫން މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ، ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. ވީޑިއޯއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ކުޑަ ކުއްޖަކަށް ފިރިހެން ކުދިންތަކެއް އަނިޔާކުރާ މަންޒަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް