ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 12:39
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ރާއްޖެއެމްވީ
އެމްޑީޕީއަށް 19 އަހަރު
މިއަދު ކަންކަން ވަމުންދާ ގޮތުން އެމްޑީޕީގެ ވެރިކަމެއް ނެތްކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭ: އާޒިމް
މިއަދު ކަންކަން ވަމުންދާ ގޮތުން ރައްޔިތުންވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައިކަމަށް ވިދާޅުވި
ވީހާވެސް ގިނަ މީހުން އެމްޑީޕީއާ ގުޅި، އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް އެދިލެއްވި

މިއަދު ކަންކަން ވަމުންދާ ގޮތުން އެމްޑީޕީގެ ވެރިކަމެއް ނެތްކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދެއްކެވި ވާހަކަފުޅުގައި އާޒިމް ވިދާޅުވީ، އެމްޑީޕީގެ ކުރިމަގަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމަގު ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ކުރިމަގަށްޓަކައި އެމްޑީޕީން މިދިޔަ 19 އަހަރުގެ ތެރޭގައި ގިނަ ޤުރުބާނީތަކެއް ވެފައިވާކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މިއަދު ކަންކަން ވަމުންދާ ގޮތުން ރައްޔިތުންވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ.

އަދިވެސް ރައްޔިތުންގެ އުއްމީދަކީ އެމްޑީޕީކަން ރައްޔިތުން މިއަދު ޤަބޫލު ކުރޭ، މިއަދު ކަންކަން ވަމުންދާ ގޮތުންވެސް އެމްޑީޕީގެ ވެރިކަމެއް ނެތްކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭ.
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

އާޒިމް ވަނީ ވީހާވެސް ގިނަ މީހުން އެމްޑީޕީއާ ގުޅި، އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް ނުކުމެ ދިނުމަށް އެދިލައްވާފައެވެ.

ބުދަ ދުވަހުގެ ހަވީރު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އިސް އެޑްވައިޒަރ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި، އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް