ކ. މާލެ
|
26 ޖޫން 2024 | ބުދަ 19:47
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)
ޕީއެސްއެމް
މިފްކޯ އަށް ސީއީއޯ އެއް ހޯދުން
ދިވެހިން ކަމު ނުގޮސް އެންމެ ފަހުން މިފްކޯ އަށް ބޭރުގެ ސީއީއޯ އެއް ހޯދަން އިއުލާން ކޮށްފި
ފައިސާ ނުދޭތީ މަސްވެރިންގެ ނުރުހުން މިފްކޯ އަށް ވަނީ އަމާޒުވެފައި

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭތީ މަސްވެރިންގެ ނުރުހުން އަމާޒުވެފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް(މިފްކޯ) އަށް ބޭރުގެ ސީއީއޯއެއް ހޯދަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން ބުދަ ދުވަހު އިޢުލާންކޮށްފިއެވެ.

ޕީސީބީން ކޮށްފައިވާ އިއުލާނުގައި ބުނަނީ ސީއީއޯގެ މަޤާމަށް ކުރިމަތި ލެވޭނީ މަދުވެގެން 8 އަހަރު މަސްވެރިކަމާ ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި އަދި މަދުވެގެން 4 އަހަރު މަސްވެރިކަމާ ގުޅުން ހުރި ބައިނައަޤްވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން ކަމަށެވެ.

ޑރ. މުއިއްޒުގެ ސަރުކާރުން މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރި އަހުމަދު ޝަމާހް ރަޝީދުގެ މައްޗަށް ހުށަހެޅުނު ޝަކުވާ ތަކަކާ ގުޅިގެން ކަމަށް ބުނެ އެ މަގާމުން އޭނާ ސަސްޕެންޑް ކުރުމަށްފަހު މެއި މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އެ މަގާމަށް މީހަކު އައްޔަން ކޮށްފައެއް ނުވެއެވެ.

ސީއީއޯ އަކު ހޯދަން ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވަނީ ޖުލައި މަހުގެ 15 ގައެވެ.

މިފްކޯ އުފެދުނީއްސުރެ މިހާ ހިސާބަށް އެތަނުގެ އެންމެ އިސް މަގާމުގައި ރާއްޖޭން ބޭރު މީހަކު ހުރި ކަމެއް އެނގޭކަށް ނެތެވެ.

- ކޮމެންޓް