ކ. މާލެ
|
26 ޖޫން 2024 | ބުދަ 08:58
އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗުގެ ތެރެއިން
އާޖެންޓީނާ އާއި ޗިލީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
ފަހު ވަގުތު މޮޅުވެ، އާޖެންޓީނާ ކުއާޓާ ފައިނަލަށް
ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވާ އާޖެންޓީނާ އިން ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ، ހަ ޕޮއިންޓާއެކު.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޗިލީ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުބާރާތުގައި އާޖެންޓީނާ އޮތީ ގްރޫޕް އޭގަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އިން ވަނީ ކެނެޑާގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. ޗިލީން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޕެރޫއާ އެއްވަރުވެފަ އެވެ.

ބުދަ ދުވަހުގެ ހެނދުނު ޗިލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކުއާޓާ ފައިނަލަށް ދިޔުމުގެ ފުރުސަތު އާޖެންޓީނާ އަށް އޮތެވެ. އާާޖެންޓީނާ އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައި 1-0ން މެޗު ކާމިޔާބު ކޮށްފަ އެވެ.

މެޗުގައި އާޖެންޓީނާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށެވެ. މެޗުން އާޖެންޓީނާ މޮޅުވީ ފޯވާޑް ލައުޓާރޯ މާޓިނޭޒް ޖެހި ލަނޑުންނެވެ.

މޮޅާއެކު، ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވާ އާޖެންޓީނާ އިން ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ، ހަ ޕޮއިންޓާއެކު އެވެ. މިވަގުތު އެ ޓީމު އޮތީ ވެސް ގްރޫޕްގެ އެއް ވަނައިގަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ ނިކުންނާނީ ޕެރޫއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް