ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 23:00
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖާޖީންތައް
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖާޖީންތައް
ހައްޖު ކޯޕަރޭޝަން
މެނިންގޯކޮކަލް ބަލި ފެނުން
ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ތިބީ މެނިންގްޖައިޓިސް ވެކްސިން ޖަހައިގެން
ޓްރެވްލް ވެކްސިން ކަމުގައިވާ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާ ވެކްސިން ވަނީ ފުރިހަމަކޮށްފައި

ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ތިބީ މެނިންގްޖައިޓިސް ވެކްސިން ޖަހައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޯކޮކަލް ރާއްޖޭން ފެނިފައިވާއިރު، މިކަމާއި ގުޅިގެން ހައްޖުކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1445 ވަނަ އަހަރު ހައްޖުގެ މާތް އަޅުކަން އަދާކުރަން ސައުދި އަރަބިއްޔާއަށް ދަތުރުކުރި ހުރިހާ ހައްޖުވެރިންވެސް ވަނީ ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޓްރެވްލް ވެކްސިން ކަމުގައިވާ ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފުލުއެންޒާ ވެކްސިން ފުރިހަމަކޮށްފައި ކަމަށެވެ.

އަދި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ހާއްސަ ސަމާލުކަމެއްދޭ ކަންތައް ކަމުގައި ބުނެފައިވެއެވެ.

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަންގާރަ ދުވަހު ނިޔާވީ މެނިންގޯކޮކަލް ބަލީގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކާ ހަވަލާދީ ރާއްޖޭގެ ބައެއް މީޑީއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަކާ އޭޑީކޭ ގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ މި އަހަރު ހައްޖުން އައި ފަހުން ގަދަ އަށް ހުން އައުމުގެ ސަބަބުންނެވެ. ބަކާ އަންގާރަ ދުވަހު ނިޔާވީ އޭނާ އޭޑީކޭގެ އައިސީޔޫ ގައި އެޑްމިޓް ކޮށް ފަރުވާ ދެމުންދާތާ 3 ދުވަސް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް