ލޯކައިރި ކަޅުވަނީތަ؟ މިއޮތީ ހައްލު
27 ޖޫން 2024 | ބުރާސްފަތި 20:03
ލޯކައިރި ކަޅުވުން
ލޯކައިރި ކަޅުވުން
ރާއްޖެއެމްވީ

ލޯކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް، ޚާއްސަކޮށް އަންހެނުންނަށް ދިމާވާ ކަމެކެވެ. މިއީ، މީހާ ހުންނަ ވަރަށް ވުރެ ބޮޑަށް މުސްކުޅި ކަމަށް ދައްކުވައިދޭ އަދި މޫނުގެ ސިފަ ހުތުރު ކަމަށް ދައްކުވައިދޭ ކަމެއް ކަމަށް ގިނަ މީހުން ދެކެއެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އާންމު ގޮތެއްގައި ލޯކައިރި ކަޅުވުމުގެ މައްސަލަ ދިމާވަނީ އެމީހާގެ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރާ ގޮތަކުންނެވެ. މިސާލަކަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ނުނިދުމާއި، ފެން ނުބުއިމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މާބޮޑަށް ސްޓްރެސްވުން ހިމެނެއެވެ. ކެމިކަލް ޕީލިންގ ފަދަ އެތައް ކޮސްމެޓިކް ފަރުވާއެއް މިޒަމާނުގައި މިކަމަށް ހުރި އިރު، މިފަދަ ފަރުވާ ތަކަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ލޯކައިރި ކަޅުވާނަމަ ކުޑަކުޑަ މަސައްކަތެއް ކޮށްލައިގެން ގޭގައި ލިބެން ހުރި ތަކެތިން މިކަމަށް ފަސޭހަ ހައްލެއް ހޯދި ދާނެއެވެ.

ބޭނުންވާ ތަކެތި:

  1. ޕްލޭން ޔޯގަޓު
  2. ރީނދޫ

ތައްޔާރު ކުރާނެ ގޮތް:

ސައިސަމުސަލެއްގެ ޕްލޭން ޔޯގަޓުގެ ތެރެއަށް ކުޑަ ރީނދޫ ކޮޅެއް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މި މިކްސްޗަރ ލޯކައިރީގައި ކަޅުވެފައިވާ ހިސާބުގައި އުނގުޅާލުމަށްފަހު 15-10 މިނެޓު ވަންދެން ބަހައްޓާލާށެވެ. އެއަށްފަހު ދޮވެލާށެވެ.

ހަފްތާއަކު 2-3 ފަހަރު މިމާސްކު ބޭނުންކޮށްލުމުން ރަނގަޅުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް