ކ. މާލެ
|
24 ޖޫން 2024 | ހޯމަ 12:05
އިޓަލީގެ ގައުމީ ކޯޗު ސްޕަލެއްޗީ
އިޓަލީގެ ގައުމީ ކޯޗު ސްޕަލެއްޗީ
ގޫގުލް
ޔޫރޯ 2024
އިޓަލީގެ އަމާޒަކީ އަވަހަށް ނުކަޓާނެ ގޮތެއް ހޯދުން
ތިން ޕޮއިންޓް އަތުގައި އޮތުމާއެކު އިޓަލީ އަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑު. ނަމަވެސް ކްރޮއޭޝިޔާ އަތުގައި ޕޮއިންޓެއްނެތް. މިހެންވެ އެމީހުންނަށް މެޗުން މޮޅުވާން މަޖުބޫރު.

ދިފާއީ ޗެމްޕިއަން އިޓަލީ އާއި ކްރިއޭޝިޔާއިން މިރޭ މަސައްކަތް ކުރާނީ މުބާރާތުން އަވަހަށް ނުކަޓާނެ ގޮތެއް ހޯދާށެވެ.

ތިން ޕޮއިންޓް އަތުގައި އޮތުމާއެކު އިޓަލީ އަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ކްރޮއޭޝިޔާ އަތުގައި ޕޮއިންޓެއްނެތެވެ. މިހެންވެ އެމީހުންނަށް މެޗުން މޮޅުވާން މަޖުބޫރެވެ. މި މެޗު އެއްވަރުވެއްޖެނަމަ ކްރޮއޭޝިޔާ ޖެހޭނީ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ކޮލިފައިވާ ހަތަރު ގައުމކަމުގައި ހިމެނުމަށް އިންތިޒާރުކުރާށެވެ.

ސްޕޭން އަތުން ބަލިވި މެޗަށް ފަހު އިޓަލީގެ ކޯޗު ލޫސިއާނޯ ސަޕަލެއްޗީ ބުނީ އެއީ ކުރެވުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

"އަހަރެން އުއްމީދު ކުރަނީ ސްޕޭން މެޗުގައި ލިބުނު ތަޖުރިބާއިން މި މެޗުގައި ކަންކަން ރަނގަޅު ކުރާނެ ކަމަށް. އެ މެޗުގައި އަހަރުމެން ރޭވި ގޮތަކަށް ނުކުޅެވުނު. އަދި އެއީ ވަރަށް ގޯސް ބަލިވުމެއް،"
އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޗީ ބުންޏެވެ.

ކޯޗު ބުނީ ތައްޓާ ހިސާބަށް ދިއުމަށް ބައެއް މެޗުތަކަކީ ހަނދާނުން ފޮހެލަން ޖެހޭ މެޗުތަކެއް ކަމަށާއި ސްޕޭން މެޗަކީ އެފަދަ މެޗަކަށްވާއިރު މިރޭގެ މެޗަކީ މޮޅުވާންޖެހޭ މެޗެއް ކަމަށެވެ.

މި މެޗަށް ނުކުންނައިރު އިޓަލީ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއްނެތެވެ.

މި މެޗަކީ އިޓަލީ އާއި ކްރޮއޭޝިޔާ ބައްދަލުކުރާ ތިން ވަނަ މެޗެވެ. ކުރީ ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވިއިރު އަނެއް މެޗުން މޮޅުވީ ކްރޮއޭޝިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް