Advertisement
ކ. މާލެ
|
21 ޖޫން 2024 | ހުކުރު 14:03
ހަވީރު ގަޑީގައި އާއްމުން މަގުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް
ހަވީރު ގަޑީގައި އާއްމުން މަގުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް
ރާއްޖެއެމްވީ
ލަދުވެތިކަމާއި ޢިއްފަތްތެރިކަން
އެމީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ އުފާވެރިކަން - ހުތުބާ
ކީރިތި ރަސޫލާ ލަދުވެތިކަމުގެ ސިފަ ގެންނަވާފައިވަނީ އީމާންކަމުގެ ތެރެއިން ކަމަށާއި އެކަން އެގޮތަށް ކުރައްވާފައި ވަނީ ލަދުވެތިކަމުގެ މާތް ސިފައިގެ މުހިންމުކަމުގެ ސަބަބުން ކަމަށް ހުތުބާގައި ވަނީ ބުނެފަ
ހުތުބާގައި ބުނެފައި ވަނީ ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ދެ ސިފަ ކަމަށް
ލަތުވެތިކަމަކީ އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުންކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ

އެމީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ އުފާވެރިކަން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"ލަދުވެތިކަމާއި ޢިއްފަތްތެރިކަން!" މި މައުޟޫ އަށް ކުރިއަށް ގެންދިޔަ ހުކުރު ހުތުބާގައި ބުނެފައި ވަނީ ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ދެ ސިފަ ކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމް ކަމެއް ކަމަށެވެ.

މިއަދުގެ މުުތަމައުގައި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެންނަމުންދާ ކަމަށާއި އެއީ ހިތާމަވެރިކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ބިރުވެރިކަމެއް ނެތި ބައެއް މިހުން ދަނީ ހިއްސާކުރަމުން ކަމަށް ފާހަގަކޮށް އެފަދަ ކަންކަން ނުކުރުމަށް ހުކުރު ހުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ލަތުވެތިކަމަކީ އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުންކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ލަދުވެތިކަމަކީ ހުރިހާ ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ ކަމެއް ކަމަށެވެ. ލަދުވެތިކަމުގެ ސަަބަބުން ޙައްޤުގެ ވެރިޔާއަށް އޭނާގެ ޙައްޤު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫޙު އުފެދޭ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. މީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ ނަމަ އެ މީހަކު އިއްފަތްތެރިކަން އިސްކުރާނެ ކަމަށް ހުކުރު ހުތުބާގައިވެއެވެ. އެފަދަ މީހުންނަކީ އޭނާގެ ވެރި ރަސްކަލާނގެ އަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރަ މީހުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

Advertisement

އެކަމުގެ މިސާލެއްގެ ގޮތުގައި ގެނެސްދީފައި ވަނީ ޔޫސުފްގެފާނަށް ކުރިމަތިވި ހާދިސާއެވެ. ޔޫސުފުގެފާނަށް ކުރިމަތިވި އިމްތިޙާނުން ފާސްވެވަޑައިގަތީ އެކަލޭގެފާނުގެ ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ސަބަބުންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މުޖުތަމަޢެއްގެ އަޚްލާގީ މިންތަކާއި އިޖުތިމާއީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއްސިފައަކީ ލަދުވެތިކަމުގެ ސިފަކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ. އަދި ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ލަދުވެތިކަމާއި ޢިއްފަތްތެރިކަން ހުރުން ކޮންމެހެން ލާޒިމްކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކީރިތި ރަސޫލާ ލަދުވެތިކަމުގެ ސިފަ ގެންނަވާފައިވަނީ އީމާންކަމުގެ ތެރެއިން ކަމަށާއި އެކަން އެގޮތަށް ކުރައްވާފައި ވަނީ ލަދުވެތިކަމުގެ މާތް ސިފައިގެ މުހިންމުކަމުގެ ސަބަބުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މާތް ރަސްކަލާނގެ މީހަކަށް ހިޔާވަހިކަން ދެއްވާނެ ހަތް މީހުންގެ ތެރޭގައި، ދުނިޔެ މަތީގައި ޢިއްފަތްތެރިކަން އިސްކުޅަމީހާ ހިމެނޭކަމަށް ﷲ ބަޔާންކުރައްވާފައިވާ ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ. އަދި ކީރިތި ރަސޫލުﷲ ޙަދީޘްކުރައްވައިފައިވާ ބަސްފުޅަކުން އެކަން އެނގެން އޮތް ކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް