ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 19:48
މޫސުން ގޯސް ދުވަސްވަރެއްގައި ފުލުހުންގެ އުޅަނދެއް މޫދުގައި ހަރަކާތްތެރިވަނީ
މޫސުން ގޯސް ދުވަސްވަރެއްގައި ފުލުހުންގެ އުޅަނދެއް މޫދުގައި ހަރަކާތްތެރިވަނީ
ޕޮލިސް
މޫސުން ގޯސްވުން
މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ، ސަމާލުވޭ!
މެޓް އިން ލަފާކޮށްފައިވާގޮތުގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަަކަށް މަޑުވާނެ

ބުރާސްފަތި ދުވަހުގެ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އެކަމަށް ސަމާލުވުމަށް އެދިއްޖެއެވެ.

އެ އިދާރާއިން ބުނީ ބައެއް ރަށްތަކަށް ގުުގުރުން އެކަށީގެންވާ ކަމަށެވެ.

ހުކުރު ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް މޫސުން ގޯސް ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެ އދިާރާއިން ބުނީ ދެކުނުގެ އަތޮޅުތަަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މެޓް އިން ލަފާކޮށްފައިވާގޮތުގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަަކަށް މަޑުވާނެއެވެ. އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް