Advertisement
ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 19:45
އުދަބާނީ 2ގެ ޕޯސްޓަރ
އުދަބާނީ 2ގެ ޕޯސްޓަރ
އުދަބާނީ 2
ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އުދަބާނީ 2ގެ ޕޯސްޓަރ އާއްމުކޮށްފި
އުދަބާނީ 1 އެއީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލްކަމެއް ހޯދި ފިލްމަކަށް ވުމާއި އެކު ފިލްމުގެ ދެ ވަނަ ބަޔަށް ގިނަ ބަޔަކު އިންތިޒާރު ކުރޭ.

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އުދަބާނީ 2ގެ ޕޯސްޓަރ އާއްމުކޮށްފިއެވެ.

އުދަބާނީ 1 އެއީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލްކަމެއް ހޯދި ފިލްމެކެވެ.

Advertisement

2009 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "އުދަބާނި" އަށް ފަހު މި ފިލްމުގެ ދެ ވަނަ ބަޔަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

އުދަބާނީ 2 ފިލްމުގެ ބައެއް ތަރިން

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރ އަމްޖަދު އިބްރާހީމް ބުނީ މަގްބޫލް ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމު ސެޕްޓެމްބަރު މަހު 15 ގައި ރިލީޒް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފިލްމުގެ ޕޯސްޓަރ އާއްމުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމްއެވެ.

އަދި މިހާރު ކުރިއަށް ދަނީ ފިލްމްގެ އެޑިޓިންގެ މަސައްކަތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު ޑައިރެކްޓް ކުރާ މި ފިލްމަކީ އަސަރުގަދަ ލޯބީގެ ބިރުވެރި ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އުދަބާނީ 2 ފިލްމުގެ ޓީމް، މާލޭގެ މޭޔަރ އާދަމް އާޒިމް އާއި އެކު ނަގާފައިވާ ފޮޓޯ އެއް

މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި އަހުމަދު އީސާ (އާނަންދު)، އާމިނަތު ސުހާ، އަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ، ޝަމީލް، މަރްޔަމް ހަލީމް، ޝަކީލާ ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.

އުދަބާނީ 2 ފިލްމުގެ ބައެއް ތަރިން

އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ. އެހެންކަމުން އަމްޖަދުގެ ޑައިރެކްޝަން އެއް ފެނިގެން ދިއުމަށް އެދިގެން ތިބި ދިވެހިންނަށް ވެސް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް