ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 12:13
މެޗުގައި ލަނޑު ޖެހުމަށްފަހު ޝަގީރީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޝަގީރީ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ސްކޮޓްލެންޑާ އެއްވަރުކޮށް، ސްވިޒަލެންޑް ގަދަ 16އާ ކައިރި އަށް
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑުން ނިކުންނާނީ ޖަރުމަނާ ދެކޮޅަށް.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ސްވިޒަލެންޑުން މުބާރާތުގެ ގަދަ 16 ވަނަ ބުރާ ކައިރިއަށް ޖެހިލަައިފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ސްވިޒަލެންޑު ވަނީ މޮޅުވެފަ އެވެ. އެހެން ކަމުން ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ގަދަ 16 އަށް ދިޔުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. ނަމަވެސް ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސްކޮޓްލެންޑުންނެވެ. ނަމަވެސް ސްވިޒަލެންޑުން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން އެއްވަރުކޮށްފަ އެވެ. މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ސްކޮޓްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޒެރްޑަން ޝަގީރީ އެވެ.

މެޗު އެއްވަރުވެ ސްވިޒަލެންޑް އޮތީ މި ގްރޫޕްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑުން ނިކުންނާނީ ޖަރުމަނާ ދެކޮޅަށެވެ. އެ މެޗުން ބަލި ނުވެ ސްވިޒަލެންޑަށް ފަރު ޖައްސާލެވިއްޖެ ނަަމަ، އެ ޓީމަށް ގަދަ 16 ވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ. އެ މެޗުން ބަލިވެއްޖެ ނަމަ، ސްވިޒަލެންޑަށް ޖެހޭނީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ތިން ވަނަ ޓީމުގެ ތެރޭގައި ހިމެނޭތޯ މަޑު ކުރާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް