ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ނިޔާވި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، މިދިޔަ ހޯމަ ދުވަހުގެރޭ (17 ޖޫން 2024) ގައި ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއް ނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަޙުގީޤު ކުރަމުންދާކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަދި ސިނަމާލެ ބްރިޖު މަރާމާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު ނިޔާވި ކަމަށް ބުނާ ޚަބަރަކީ ސައްޙަނޫން ޚަބަރެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފުލުހުން ބުނީ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.