ކ. މާލެ
|
19 ޖޫން 2024 | ބުދަ 15:16
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން
މުހައްމަދު ޝަރުހާން
ކުށްކުރުން އިތުރުވުން
ރާއްޖޭގައި ޑްރަގް ފަރުވާގެ ނިޒާމްގެ ޙާލަތު ވަރަށް ގޯސް: ޝިފާން
434 ކުށް ވެރިން ދޫކުރެވުނު އިރު ޑްރަގް ފަރުވާގެ ނިޒާމްގެ ޙާލަތު ވަރަށް ގޯސް
ވައްކަމުގެ މައްސަލަތަކާއި ތަފާތު އެކި ބާވަތްތަކުގެ ކުށްތައް ދަނީ އިތުރުވަމުން

ރާއްޖޭގައި ޑްރަގް ފަރުވާގެ ނިޒާމްގެ ޙާލަތު ވަރަށް ގޯސްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ވައްކަމުގެ މައްސަލަތަކާއި ތަފާތު އެކި ބާވަތްތަކުގެ ކުށްތައް އިތުރުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ކުށް މަދު ކުރުމަށް ވޭތުވެދިޔަ 15 ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވަނީ ނަތީޖާ ވަޒަން ނުކޮށްކަން ފާހަގަ ކުރެވޭ ކަމަށެވެ.

އޭގެ އިތުރުން، 434 ކުށް ވެރިން ދޫކުރެވުނު އިރު ޑްރަގް ފަރުވާގެ ނިޒާމްގެ ޙާލަތު ވަރަށް ގޯސްކަންވެސް ޝިފާން ފާހަގަ ކުރެއްވިއެވެ.

ޝިފާން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ރައްކާތެެރިކަން ޔަގީންކުރުމަށް 50 ޕޮލިސް ސްޓޭޝަނެއް އަޅަން ޕްލޭން ކުރެވި އެކަން ނުކުރެވި އޮތް ކަމަށާއި، އާ ޖަލު އެޅުމަށްޓަކައި ގާތްގަނޑަކަށް 450 އެއްހާ މީހުންގެ ބަންދުގެ ޖާގަ މަދުކުރެވި، އަލަށް އެއްވެސް ވަރެއްގެ ފެސިލިޓީއެއް ތައްޔާރު ނުކުރެވޭ ކަމަށެވެ.

އެހެންކަމުން މިހާރު މި ހުރިހާކަމެއް ހައްލުކުރުން ބުރަ މަސައްކަތަކަށް ވެފައިވާކަން ފާހަގަ ކުރައްވައި ޝިފާން ވިދާޅުވީ، ހާލަތު ބަދަލު ކުރުމަށް ފުލުހުންގެ ރަސްމީ ކެޕޭސިޓީގައި މަސައްކަތްތަކެއް ކުރެވޭ ކަމަށާއި، އަދި ކުރުމަށް ރޭވިފައިވެސް އެބަހުރި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް