ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 23:02
ސްލޮވޭނިއާ އާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން
ސްލޮވޭނިއާ އާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ޔޫރޯ 2024
ފަހު ވަގުތު ސްލޮވޭނިއާ އިން، ޑެންމާކާ އެއްވަރު ކޮށްފި
ގްރޫޕް ސީގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1ން އެއްވަރުވެގެން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްލޮވޭނިއާ އާއި ޑެންމާކު ބައްދަލު ކުރި މެޗު އެއްވަރު ވެއްޖެ އެވެ.

ޖަރުމަނުގެ ސުޓުޓްގާޓް އެރީނާ ގައި އާދިއްތަ ދުވަހުގެ ރޭ، ގްރޫޕް ސީގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޑެންމާކުންނެވެ. އޭގެ ފަހުން ސްލޮވޭނިއާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޑެންމާކުންނެވެ. އެ ޓީމުން ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ޑެންމާކަށް ލީޑު ނަގައިދިނީ ކްރިސްޓިއަން އެރިކްސަން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖޯނަސް ވިންޑް އެވެ. މެޗުގެ ދެ ވަނަ ހާފުގައި ސްލޮވޭނިއާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެރިކް ޖަންޒާ އެވެ.

މެޗު އެއްވަރުވެގެން ނިމުނުުއިރު، މި ގްރޫޕްގައި ދެން އޮތީ އިންގްލެންޑާއި، ސާބިއާ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޑެންމާކު ނިކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. އަދި ސްލޮވޭނިއާ ނިކުންނާނީ ސާބިއާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް