ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 08:24
އާޖެންޓީނާގެ ފަރިތަކުރުމެއްގައި އެ ޓީމުގެ ކުޅުންތެރިން
އާޖެންޓީނާގެ ފަރިތަކުރުމެއްގައި އެ ޓީމުގެ ކުޅުންތެރިން
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
އާޖެންޓީނާގެ ސްކޮޑު ފައިނަލް ކޮށްފި
ޓީމުން އުނި ކުރި ކުޅުންތެރިންނަކީ، ލިއޮނާޑޯ ބަލާޑީ، ވަލެންޓިން ބާކޯ އަދި އެންހެލް ކޮރެއާ

މި މަހު ފަށާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް އާޖެންޓީނާގެ ފައިނަލް ސްކޮޑު އިއުލާން ކޮށްފި އެވެ.

ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އެންމެ ފުރަތަމަ އެކުލަވާލީ 29 ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ޕްރޮވިޝަނަލް ސްކޮޑެކެވެ. އެއަށްފަހު އާޖެންޓީނާ އިން ވަނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. އެ ދެ މެޗަށްފަހު، ސްކަލޯނީ ވަނީ އާޖެންޓީނާގެ ފައިނަލް ސްކޮޑު އެކުލަވާލައިފަ އެވެ.

ކޮޕާ އެމެރިކާ އަށް ކޮންމެ ޓީމަކުން ވެސް ޖެހެނީ 26 ކުޅުންތެރިންގެ ސްކޮޑެއް ނަގާށެވެ. އެހެންވެ އާޖެންޓީނާގެ ސްކޮޑުން ވަނީ ތިން ކުޅުންތެރިޔަކު ބާކީ ކޮށްފަ އެވެ. އެއީ މާސޭ އަށް ކުޅެމުން އަންނަ ޑިފެންޑަރު ލިއޮނާޑޯ ބަލާޑީ، ބްރައިޓަން އަށް ކުޅެމުން އަންނަ ޑިފެންޑަރު ވަލެންޓިން ބާކޯ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންހެލް ކޮރެއާ އެވެ.

އާޖެންޓީނާ އިން އެކުލަވާލި 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު:

ގޯލު ކީޕަރުން:

ފެރެންކޯ އަރްމާނީ، ޖެރޮނިމޯ ރުލީ، އެމިލިއާނޯ މާޓިނޭޒް

ޑިފެންޑަރުން:

ގޮންޒާލޯ މޮންޓިއެލް، ނަހުއެލް މޮލީނާ، ކްރިސްޓިއަން ރޮމެރޯ، ޖާމަން ޕަޒެއްލާ، ލޫކަސް މާޓިނޭޒް ކުއާޓާ، ނިކޮލަސް އޮޓަމެންޑީ، ލިސާންދްރޯ މާޓިނޭޒް، މާކޮސް އަކުނާ، ނިކޮލަސް ޓަލިއަފީކޯ

މިޑްފީލްޑަރުން:

ހުއިޑޯ ރޮޑްރިގޭޒް، ލިއާންޑްރޯ ޕަރޭޑަސް، އަލެކްސިސް މެކް އަލިސްޓާ، ރޮޑްރީގޯ ޑި ޕޯލް، އެކްސެކިއުއެލް ޕަލަސިއޯސް، އެންޒޯ ފެނާންޑޭސް، ޖިއޮވާނީ ލޮ ސެލްސޯ

ފޯވާޑުން:

ލިއޮނަލް މެސީ (ކެޕްޓަން)، އަލެހާންޑްރޯ ގާނާޗޯ، ނިކޮލަސް ގޮންޒާލެސް، ލައުޓާރޯ މާޓިނޭޒް، ހޫލިއަން އަލްވަރޭޒް، އެންހެލް ޑި މާރިއާ، ވަލެންޓިން ކާބޮނީ

ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ދެ މެޗު ވެސް އާޖެންޓީނާ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ.

އާޖެންޓީނާ އަކީ ކޮޕާ އެމެރިކާ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. 2021 ވަނަ އަހަރު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބު ކުރީ ފައިނަލްގައި ބްރެޒިލް ބަލި ކުރުމަށްފަހު އެވެ. އޭގެ ފަހުން އާޖެންޓީނާ އިން ވަނީ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ.

އެ މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލި ކުރުމަށްފަހު އެވެ. އެއަށްފަހު، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕާ ކުރިމަތިލައި، އާޖެންޓީނާ އިން ވަނީ 36 އަހަރު ފަހުން ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ވޯލްޑް ކަޕަށްފަހު ފީފާ އިން އާންމު ކުރި ރޭންކިންގެ އެއް ވަނައިގައި އޮތް ޤައުމަކީ ވެސް އާޖެންޓީނާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް