ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 19:44
މިސަރުކާރަށް ހަމަވެސް ވެގެން ދިޔައިރު، ވަޒީފާތަކަށް މީހުން ނެގުން ފިޔަވައި އެއްވެސް ކަމެއް ކުރެވިފައިނުވޭ: މެންބަރު ޒިޔާދު
މިސަރުކާރަށް ހަމަވެސް ވެގެން ދިޔައިރު، ވަޒީފާތަކަށް މީހުން ނެގުން ފިޔަވައި އެއްވެސް ކަމެއް ކުރެވިފައިނުވޭ: މެންބަރު ޒިޔާދު
ރާއްޖެއެމްވީ
ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާ
މަސްވެރިން މުޒާހަރާކުރަން ޖެހުނީ ސަރުކާރުން މަޝްވަރާ ނުކުރާތީ، ސަރުކާރުން ތިބީ މަސްވެރިންނަށް އިޖާބަ ދޭ ގޮތަކަށް ނޫން - ޒިޔާދު
ބޮޑު ކަންނެލީގެ މަސްވެރިންނަށް ޑރ. މުއިއްޒުގެ ސަރުކާރުން ވީ ވައުދުތައް ނުފުއްދާތީ މަސްވެރިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ
ބޮޑުކަންނެލި މަސްވެރިކަން ކުރާ މަސްވެރިން މުޒާހަރާ ކޮށްފައި ވަނީ, ސަރުކާރަށް 7 މަސްވެގެންދިޔަ އިރުވެސް، ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާތީ

މަސްވެރިން މުޒާހަރާކުރަން ޖެހުނީ ސަރުކާރުން މަޝްވަރާ ނުކުރާތީ ކަމަށާއި ސަރުކާރުން ތިބީ މަސްވެރިންނަށް އިޖާބަ ދޭ ގޮތަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ މަސްވެރިންގެ ހައްގުގައި މި ސަރުކާރުން ދެއްކި ވާހަކަތަކުގެ ރާގު މުޅިން މިހާރު ބަދަލުވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން މަސްވެރިންގެ ވާހަކަތައް އަޑު އަހާ މަސްވެރިންނަށް އިޖާބަދެމުން ނުދާކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ. ބޮޑު ކަންނެލީގެ މަސްވެރިންނަށް ޑރ. މުއިއްޒުގެ ސަރުކާރުން ވީ ވައުދުތައް ނުފުއްދާތީ ބޮޑެތި ކަންބޮޑުވުންތައް ހާމަކުރުމަށް، ބުދަ ދުވަހު އެންމެ ފުރަތަމަ މުޒާހަރާ ކުރީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައެވެ. އެ މުޒާހަރާގައި ޒިޔާދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ މުޒާހަރާ އަށް އިޖާބަ ދިނުމުގެ ބަދަލުގައި ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ގަދަބަސް ބުނަން ކަމަށް ޒިޔާދު ވިދާޅުވިއެވެ. އެ ދުވަހުގެ 2 ޖެހުމާއި ހަމައަށް ސަރުކާރުގެ ޖަވާބެއް ނުލިބުމުން މާލޭގެ އެއް ނަމްބަރު ފާލަމަށް މުޒާހަރާ ބަދަލުކުރުމަށް މަސްވެރިންނަށް މަޖުބޫރުވީ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ބޮޑު ކަންނެލި ގަންނަ އަގު 80ރ އާއި 100ރ އާ ދެމެދުގެ އަގަކަށް ބޮޑުކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވައުދުވެ ވަޑައިގަންނަވާފައެވެ. އަދި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭނެ ކަމަށާއި ފައިސާ ދޭނީ ޑޮލަރުން ކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ވައުދުތައް ނުފުއްދި މަސްވެރިން ސުވާލުކުރުމުން ސަރުކާރުން މަސައްކަތް ކުރަނީ އެކަންކަން އޮޅުވާލުމަށް ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

ދޯނިތަކުގައި ވެސް ތިބީ ދިވެހިން. ބޭރު މީހުންނެއް ނެތް. އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނު ސަބަބަކީ ސަރުކާރުން މަސްވެރިންނާއި މެދު ދެކޭ ގޮތް ހާމަވެގެން ދިއުން. މަސްވެރިންނަށް ވަރަށް ހުވަފެން ދައްކާފައި ސަރުކާރު ބަދަލުވެގެން އައީ. އިޖާބަ ދިން ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.
މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

ބޮޑުކަންނެލި މަސްވެރިކަން ކުރާ މަސްވެރިން މުޒާހަރާ ކޮށްފައި ވަނީ, ސަރުކާރަށް 7 މަސްވެގެންދިޔަ އިރުވެސް، ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ މަސްވެރިންނަށް ގެއްލުންވާގޮތަށް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ބޭނުންވާ ކުންފުނިތަކަށް ދިނުމަށް ކުރަމުން އަންނަ މައްސަލައިގައެވެ. މީގެ އިތުރުން ޑީސަލް ލިބުމުގައި ހުރި ތަފާތުކުރުންތަކާއި، މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައިގެ އިތުރުން މަސްވެރިންނަށް އަޅާނުލާ މައްސަލައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް
- ގުޅުންހުރި
"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
އައްޑޫގެ މަސްވެރިންގެ މުޒާހަރާ އާއި ގުޅިގެން ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ނުހިނގާ ކަމަށް ބުނެ ފުލުހުންގެ ބަޔާނެއް!
އައްޑޫގެ މަސްވެރިންގެ މުޒާހަރާ އަދިވެސް ކުރިއަށް، މަސްވެރިންގެ ޑިމާންޑަށް ޖަވާބުދޭނެ ސަރުކާރުގެ މީހެއް ނެތް!
މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
އައްޑޫގެ މަސްވެރިންގެ އަޑު އަހަމުންދާ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވި ނަމަވެސް މަސްވެރިން އެކަން ދޮގުކޮށްފި
ސަރުކާރަށް ހަތް މަސް، މަސްވެރިންގެ ތިން މުޒާހަރާ!
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި "މަސްވެރިންގެ ލާރި ކޮބާ؟" ޖަހާފައި އިން ދިދަ އެއް ނަގައިފި
މިދިޔަ ސަރުކާރަށް ނިސްބަތްކޮށް ޝިޔާމް އޭރު ވިދާޅުވީ "ކިޔޫ ސަރުކާރު"، މަސްވެރިން ނިކަމެތިކުރާ ސަރުކާރު. މިއަދު؟